ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތުގެ ސަރަހައްދުގެ ޕާކިން ޒޯން ވަގުތީގޮތުން ހުސްކުރަނީ

ލޯކަލް މާރުކޭޓް ހުރި ސަރައްދުގައި އައު މާރުކޭޓެއް އިމާރާތް ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލްމާން މިސްކިތުގެ ދެކުނުގައި އޮންނަ ޕާކިން ޒޯންގައި ވަގުތީގޮތުން ލޯކަލް މާރުކޭޓްގެ 87 ގޮޅި ހިންގޭނެގޮތަށް ޖާގަ ހުސްކުރުމަށް ނިންމައިފިއެވެ.

ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 146 ވަނަ ކުއްލި ޖަލްސާގައި މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މާލޭގައި މިހާރު ބޭނުން ކުރަމުންދާ ލޯކަލް މާރުކޭޓްގެ ބަދަލުގައި އައު މާރުކޭޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދާ ކަމަށެވެ.

އެގޮތުން މިހާރު އެ ސަރަހައްދުގައި މާރުކޭޓް ގޮޅިތައް ހިންގަމުންދާ ފަރާތްތަކަށް ވަގުތީގޮތުން ވިޔަފާރި ކުރެވޭނެ އެހެން ތަނެއްދެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެތަނުން ބޭނުން ވާވަރަށް ގޮޅިތައް ނުލިބޭކަމަށާއި ސަލްމާން މިސްކިތުގެ ދެކުނުގައި އޮންނަ ޕާކިން ޒޯންގައި ވަގުތީގޮތުން 87 ގޮޅި ހިންގޭނެ ވަރަށް ޖާގަ ހުސްކުރުމަށް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ކައުންސިލް މެމްބަރުންނާ މަޝްވަރާ ކުރައްވާފައި ވެއެވެ.

މިހާރު މިވީގޮތަކީމިހާރު އަނެއް… މަސް މާރުކޭޓު،، މީ މީ،، ވަޅޯމަސް މާރުކޭޓު ބަދަލުކުރަން އޮތް ތަނުގަ، އެތަން ބަދަލުކުރަން ބޭނުންވާ އަދަދަށް މިހާރު ވަގުތީގޮތުން ލިބުން ތަންތަނަކުން ނުފުދުނު. 87 ގޮޅި މަދުވޭ އެބަ، އެހެންވީމަ އަޅުގަނޑުމެން އިތުރު ތަނެއް ދީގެން މީ، އަޅުގަނޑުމެންނަށް އެތަން ހުސްކުރެވެން މި އަންންނީ. މިހާރު އަލަށް މާރުކޭޓު އަޅާތަން ހުސްކުެވެން…އާޒިމް ވިދާޅުވިއެވެ.

ނަމަވެސް މިވަގުތު ލޯކަލް މާރުކޭޓް ސަރަހައްދުގައި ވިޔަފާރި ކުރާ މި 87 ފަރާތަކަށް ވަކި ގޮތެއް ނިންމާ ނުދީ މާރުކޭޓް ރޫޅާލައި މަސައްކަތް ފަށައިފިނަމަ، އެ ވިޔަފާރި ކުރާ ބޭފުޅުންނަށް ނިކަމެތި ކަމެއް ލިބިދާނެ ކަމަށެވެ. އަދި އެތަނުން ލިބެމުން އަންނަ އާމްދަނީއަށް ބަރޯސާވެ ދިރިއުޅޭ ފަރާތްތަކަށް ދިމާވެދާނެ ދައްޗަކަށް ބަލައި ސަމާލުވެ މިކަމުގައި ގޮތެއް ނިންމުން މުހިންމު ކަމުގައިވެސް އާޒިމް ވަނީ ފާހަގަކޮށްފައެވެ. މި މާރުކޭޓު އެންމެ ފުރަތަމަ ބަދަލުކުރަން ނިންމީ ހައިކޯޓު ކުރިމަތީ އޮތް ހުސް ބިމަށާއި ލިލީ ސްޓޯރު ހިސާބުގައި އޮންނަ ހުސް ބިމަށެވެ. ނަމަވެސް އެކަށީގެންވާ ޖާގަ ނުލިބުމުގެ ސަބަބުން ސަލްމާން މިސްކިތުގެ ދެކުނުގައި އޮންނަ ޕާކިން ޒޯންގައި ވަގުތީގޮތުން ހިނގަން ވަނީ ނިންމާފައެވެ.

”ދެން ޕްރޮޖެކްޓް އަވަސް ކުރުމަށްޓަކާ ކޮންމެ ގޮތެއްވިޔަސް އެތާ ތިބި މީހުން ތަނަކަށް ބަދަލު ނުކޮށް އެކަން ކުރަން އުޅެފިއްޔާ، އެތާތިބިމީހުންނަކީ ވަރަށް ހަމަ އެ އާމްދަނީއިން ދިރިއުޅޭ އާއިލާތަކެއް އެ އުޅެނީ، އެމީހުނަށް ވަރަށް ނިކަމެތިވާނެ، މިސާލަކަށް އަޅުގަނޑުމެން މި މަދު ގޮޅިކޮޅާ ހުރެން ގުރުލީ! ގުރުލައިފިއްޔާ އެއްބަޔަކު ބާކީ ވާނެ.ދެން ވަރަށް ނާއިންސާފްވެރި ގޮތެއްވާނީ އެހެން ހަދައިފިއްޔާ“ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިވަގުތު މާލޭގެ ޓްރެފިކްއަށްވެސް ވިސްނާނަމަ އެންމެ ރަނގަޅު ގޮތަކީ ސަލްމާން މިސްކިތުގެ ދެކުނު ފަރާތުގައި އޮންނަ ޕާކިންޒޯން ކަމަށެވެ. އަދި މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ފުރިހަމަ ތާއީދާއި އެކު މި ގޮތުގައި ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ފާސް ވެފައެވެ.

މަސް މާރުކޭޓު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނު ކެމްޕޭން ތެރޭގައި ވިދާޅުވީ، މަސްމާރުކޭޓު ތަރައްގީ ކުރާނީ ހަތަރު ބުރިއަށް ކަމަށެވެ. އެ ތަނުގައި އެންމެ ތިރީގައި މަސްމާރުކޭޓު ހުންނައިރު މަތީގައި ތަރުކާރީގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: