އިންޑިއާއާއިއެކު، އިތުުރު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކޮށްފިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ލުއިތަކާއިއެކު އެކްސްޕޯޓު ކުރާ ފަރާތްތަކުން އަތުން ނަގާ ޓެރިފް ސުން ޕަސެންޓަށް ގެންދިއުމަށް މަސައްކަތް ކުރާނެކަމަށެވެ.
އެ ބޭފުޅުން ބޭނުންފުޅުވޭ، ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން. އަދި ސަފްޓާ ގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ އެވަނީ އެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހުޅުވާލައްވާފައި.
މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އިނގިރޭސިވިލާތާއިއެކުވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދިފައި އޮތް ނަމަވެސް އެ އެގްރީމެންޓްގެ ތެރެއިން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމަށް ސަރުކާރުން ބޭނުންވާކަމަށެވެ. އެގޮތުން ފައިނޭންޝަން ސެކްޓަރުގެ ތެރެއިން އާ ވިޔަފާރީގެ ގުޅުންތައް އެ ގައުމާއިއެކު ގެނައުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
އިންޑިއާއާއިއެކު އާ ވިޔަފާރީގެ އެއްބަސްވުމެއް ހަދާ އިރު، މީގެ ކުރީގައިވެސް ބައެއް ބާވަތްތައް ގެނައުމުގައި ހާއްސަ ގޮތްތަކެއް އިންޑިއާއިއާން ކަނޑައެޅިއެވެ. އެގޮތުން އެ ގައުމާއިއެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ 9 ބާވަތެއް ފަސޭހަކަމާއިއެކު، އެތެރެ ކުރުމަށް ތިން އަހަރުގެ އެއްބަސްވުމެއް އެބައޮތެވެ.

