ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރަކީ ވެސް ތައުލީމީ ދާއިރާއަށް ހެޔޮބަދަލުތަކެއް އަންނާނެ އަހަރަކަށް ވާނެ ކަމަށް އުންމީދު ކުރަން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެމްޑީޕީގެ ޗެއާރ ޕާރސަން ފައްޔާޒު އިސްމާއީލް ދަންނަވައިފިއެވެ.

ފައްޔާޒު “ އެކްސް “ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ފެށޭ ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އަރިސްކުރާ ކަމަށެވެ. މީގެ އިތުރުން މި އަހަރަކީ ވެސް ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ އަދި އެންމެހާ ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެޑިއުކޭޝަންއިން ވަނީ މޫސުމީ ޙާލަތަށް ރިއާޔަތްކޮށް ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމު ކުރައްވާފައިވާ ކަމަށް ބުނެފައެވެ. އެހެންކަމުން 26، 27 އަދި 28 މިތިންދުވަހު ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ކޮންމެ ދަންފަޅިއެއްވެސް 2 ގަޑިިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިރާސީ އައު އަހަރު ހުޅުވުމާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ތަހުނިޔާ ދަންނަވާފައެވެ. ޝާހިދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މިފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި އެންމެހާ ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި އަދި ސްކޫލްތަކުގެ ހިންގުންތެރިންނާއި އެންމެހައި މުއައްޒަފުންނަށް އަރިސްކުރާ ކަމަށެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ކޮވިޑު 19 އާއި ގުޅިގެން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: