ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލާއި އަދި ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލެއް: ނައިބު ރައިސް

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލާއި، ދިރިއުޅޭ ވެއްޓަކީ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއި ގުޅިފައިވާ މުހިންމު ދެ މާހައުލެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް “ އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ފެށޭ ދިރާސީ އައު އަހަރުގެ ތަޙުނިޔާ ލޮބުވެތި ދަރިވަރުންނަށާއި، މުދައްރިސުންނަށް އަރިސްކުރާ ކަމަށާއި އަދި އައު އަޒުމަކާއެކު އިތުރު ކުރިއެރުން ޙާސިލް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދޭ ކަމަށެވެ.

މީގެ އިތުރުން ކޮންމެ ދަރިވަރަކީވެސް މުޖުތަމަޢުއަށް މުހިންމު ދަރިވަރެއްގެ ގޮތުގައި ބިނާ ކުރުމަށް މުދައްރިސުންނާއި ބެލެނ ިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި ދިރާސީ އައު އަހަރަކީ ހުރިހާ ގޮަތަކުންވެސް ފަހި އަހަރެއް ކަމުގައި ލެއްވުމަށް އެދި ވަނީ ދުޢާ ކުރައްވާފައެވެ.

މި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓާމު ފެށިގެން ދާނީ އޮކްޓުބަރު މަހުގެ 6 ވަނަ ދުވަހު ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: