ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ކަނޑައަޅާފައިވާ ފްރާންސްގެ ސަފީރު ނިޔާވެއްޖެ!

ސަފީރު ޖޯން-ފްރަންސުވާ ޕަކްޓެޓް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފްރާންސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޖޯން-ފްރަންސުވާ ޕަކްޓެޓް ނިޔާވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ރާއްޖެ އާއި ލަންކާއަށްވެސް ކަނޑައަޅާފައިވާ ސަފީރު ޕަކްތެތް ނިޔާވެފައިވަނީ ލަންކާގެ ރާޖަގިރިޔާގައި ހުންނަ އޭނާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގައި ހުންނަވަނިކޮށްކަމަށެވެ. އަދި ނިޔާވި އިރު އޭނާގެ އުމުރުން 53 އަހަރު ފުރިފައިވާކަމަށް ބުނެފައިވާއިރު ނިޔާވީ ކުއްލި ގޮތަކަށް ސިއްހީ ހާލަތު ގޯސްވެގެންކަމަށްވެސް ބުނެފައިވެއެވެ.

1970ގައި އުފަންވީ ޕަކްތެތްވަނީ ލަންކާ އާއި ރާއްޖޭގެ އެމްބެސެޑަރުގެ މަގާމުގައި 2022 އިން ފެށިގެން ހިދުމަތް ކުރައްވާފައެވެ. އަދި އޭނާއަކީ ޑިޕްލޮމެސީގެ ދާއިރާގައި ދިގު މުއްދަތެއްވަންދެން މަސައްކަތްކުރައްވަމުން އައިސްފައިވާ މީހެއްކަމަށްވާއިރު، ފަރާންސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ދެޕިއުޓީ ޑިރެކްޓާރ އޮފް ކަލްޗާ އެންޑް އެޑިއުކޭޝަންގެ މަގާމުވެސް ފުރުއްވިއެވެ.

އޭނާ ވަނީ އެމެރިކާގައި ހުންނަ ފްރާންސްގެ އެމްބަސީގައި 2012 ވަނަ އަހަރުން 2016 އަށް މަސައްކަތްކުރައްވާފައިކަމށްވާއިރު، އޭނާއަކީ އެ ގައުމުގެ ފަރާތުން ނޭޓޯއާއިއެކު މަސައްކަތްތައް ކުރެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވި މީހެއްކަމަށް ނޫސްތަކުން ރިޕޯޓުކުރާއިރު، ފްރާންސްގެ ހާރިޖީ ވުޒާރާގެ ޑެޕިއުޓީ ސްޕޯކްސް ޕާރސަންކަންވެސް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: