20 ވަނަ ރައްޔިތުން މަޖިލިހުގެ މެމްބަރުންނަށް އަހުލުވެރި ކުރުމުގެ ގޮތުން ޝެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މަޖިލިސް އިދާރާއިން ވަނީ ”އެކްސް“ އެކަުންޓުގައި ގައި ވީޑިއޯ އަދި ފޮޓޯ ހިއްސާ ކުރައްވާފައެވެ. ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސެޝަނުގައި 20 ވަނަ މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންވަނީ ބައިވެރިވަޑައިގަންފައެވެ.
19 ވަނަ މަޖިލީހުގެ ރައީސް، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެސް ވަނީ އެ ޝެޝަނުގައި ބައިވެރިވަޑައިގެން ކުރިއަށް އޮތް މަޖިލިހުގެ އިންތިޙާބީ މެމްބަރުންނާއި މުޙާތަބު ކުރައްވާފައެވެ.

20 ވަނަ މަޖިލިހުގެ ސުޕަމެޖޯރިޓީ 75 މެމްބަރުންނާއެކު ޕީއެންސީވަނީ ހޯދާފައެވެ. އަދި މަޖިލިސް އިންތިހާބުގައި އިދިކޮޅު އެމްޑީޕީއަށް ލިބުނީ އެންމެ 12 ގޮނޑި އެވެ.

