ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑޕީގެ ޝުކުރު ހިސާން ހުސެއިންއަށް

އެމްޑޕީގެ ޝުކުރު ހިސާން ހުސެއިންއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާރވިސް ކޮމިޝަން ގެ ރައީސް ހިސާން ހުސެއިންނަށް އެމްޑީޕީން ޝުކުރު އަދާކުރައްވައިފިއެވެ.

އެމްޑީޕީން ”އެކްސް“ގައި ޕޯސްޓެއް ހިއްސާކުރައްވާ ބުނެފައިވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިސާންއަށް ޖުޑިޝަލް ސަރވިސް ކޮމިޝަންގެ އިދާރާގައި ބައްދަލު ކުރައްވާ ހިސާންގެ ދައުރު ނިމުމަކަށް އައުމާ ގުޅިގެން މި ނިމިގެންދިއަ ދައުރުގައި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ވާހަހަފުޅުދައްކަވާފައިވާ ކަމަށެވެ.

އެގޮތުން ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އެޅުނު އިޞްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކޯޓުތަށް ޓެކްނޮލޮޖީއާ ރައްޓެހި ތަނަކަށް ހެދުމަށް ހިންގި ކޯޓް މޮޑެނައިޒޭޝަން ޕްރޮޖެކްޓްގެ ތެރެއިން އޮންލައިކޮށް ޝަރިއާތްކުރުން ތައާރަފްކުރުން ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޝަރީއަތްތަށް މަހުޒަރުކުރުމަށް ކޯޓުތަކުގައި ސްޕީޗް ޓު ޓެކްސްޓް ބޭނުންކުރަން ފެށުމާއި، އިންޓަރގެރޭޓަޑް ކޯޓް މެނޭޖްމަން ސިސްޓަމް ގާއިމުކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ އަޑުއެހުންތައް އިންޓަނެޓުގައި ލައިވްކާސްޓްކުރުން ފަދަ ކަންކަން ޝާހިދު ފާހަގަކުރައްވާފައި ވެއެވެ.

އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް ހިސާން ކުރައްވާފައިވާ މައްސައްކަތް ފާހަގަކުރައްވައި 2018 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އަންހެން ފަނޑިޔާރުނގެ އަދަދު 200 އިންސައްތަ އިތުރުކުރައްވައިފައިވާކަމާއި ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުން ތިރުރުކުރައްވައިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހިސާނަކީ ޖޭއެސްސީގެ ތާރީހުގައި ދައުރެއް ފުރިހަމަކުރެއްވި ފުރަތަމަ ރައީސް ކަމަށާއި އޭނާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރަކަށްވުމަކީ ޕާޓީން ފަހުރުވެރިވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދުވަނީ ނިމިދިޔަ ދައުރުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގެ އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމަށް އޭނާ އަދާކޮށްފައިވާ ދައުރާއި ކޮށްދެއްވާފައިވާ މައްސައްކަތަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

ހިސާން އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އައްޔަނުކޮށްފައިވާ މެންބަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: