ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން “ އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން 27 މެއި 2024 އިން ފެށިގެން  ޑީސަލް ލީޓަރެއް ވިއްކާނީ 13.92 ރުފިޔާއަށް ކަމަށާއި އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98 ރުފިޔާއަށް ކަމަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން އެސް.ޓީ.އޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރަންވަނީ ނިންމައިފައެވެ. އެސް.ޓީ.އޯ އިން އަގަށް ގެނައި މި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން ކަސްޓަމަރުންނަށް އެސްޓީއޯއިން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: