މިހާތަނަށް 160 ފަޅުރަށެއް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫވުރެވިފައިވާކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަސަން ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ހަސަން ދީދީ ވިދާޅުވީ، ވަރުވާގެ އުސޫލުން 56 ފަޅުރަށެއް ދޫވުރެވިފައިވާއިރު، ދިގު މުއްދަތައް ދަނޑުވެރިކަން ކުރުމަށް 52 ފަޅުރަށަށް ކުޔަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ހަމައެކަނި ދަނޑުވެރިކަން ކުރުމަށް 45 ރަށެއް ދޫކުރެވިފައިވާއިރު ދަނޑުވެރިކަމާއި މަސްވެރިކަމުގެ ބޭނުމަށް 7 ރަށެއް ދޫކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ ޖުމްލަ 160 ފަޅު ރަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މިވަގުތު ރަށްތަކާއި ބެހޭ ގޮތުން ކުރާ މަސައްކަތްތަކަކީ ރައްތަކުގެ ޙާލަތުބެލުމާއި މޮނިޓަރިންގެ މަސައްކަތް ކަމަށާއި އަދި ރައްތައް ކުއްޔަށް ދޫކުރުމުގެ ކުރިން ޤާނޫނާއި ގަވައިދުތައް ބެލުމަށްފަހު ގެންނަށްޖެހޭ ބަދަލުތައް ގެނެވުން ކަމަށެވެ. އަދި މިވަގުތު އެއްވެސް ރަށެއް ވަރުވާއަށާއި ދަނޑުވެރިކަމަށް ހުޅުވާލެވިފައި ނެތް ނަމަވެސް ވަރަށް އަވަހަށް އެ މަސައްކަތް ކުރުމަށްޓަކައި، ޤަވައިދާ އުސޫލުތަކަށް ގެންނަށްޖެހޭ ބަދަލުތަށް ދިރާސާކޮށް، އިތުރަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު މިނިސްޓްރީއިން ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރި ގަސްތަކަށް ދިމާވާ ބަލިތަކަަށް ހައްލެއް ގެނެވުމަށް މަސައްކަތް ތަކެއް ކުރެވިގެން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އާންމުކޮށް ރާއްޖޭގެ ގަސްތަކަށް ޖެހޭ ބަލިތަކުގެ ތެރޭގައި ހުވަނި، ވައިޓްފުލައި ކޮންޓްރޯލް ކުރުމާއި، ފުޑްފުލައިޓް ކޮންޓްރޯލު ކުރުމާއި އަދި ރުއްތަކަށް ޖެހޭބަލި ކޮންޓްރޯލް ކުރުން ހިމެނޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ. ލާމަރުކަޒީ ގާނޫނުގެ 23 ވަނަ މާއްދާގެ ( ހ ) 19ގެ ދަށުން ކައުންސިލްތަކާއި މިހާރު ހަވާލު ކުރެވިފައި ވުމުން، މިނިސްޓްރީން ތެރެއިން އެ ރާއްޖޭގެ ހުރި ގަސްތަކަށް ދިމާވާ ބަލިތަކަަށް ހައްލެއް ގެނެވުމަށް ބޭނުންވާ ބަޖެޓު ހިމެނިފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ މިކަމާއި ބެހޭގޮތުން މިނިސްޓްރީގައި ބަޖެޓު ހިމެނިފައިއެއް ނުވެ.. ސަބަބަކީ ލާމަރުކަޒީ ގާނޫނުގެ 23 ވަނަ މާއްދާގެ ( ހ ) 19ގެ ދަށުން ކައުންސިލްތަކާއި ހަވާލު ކުރެވިފައިވާ ޒިންމާއެއް.. އެހެން ނަމަވެސް މިކަން ބަލަހައްޓާ ވުޒާރާއިގެ ހައިސިއްޔަތުން.. އަޅުގަނޑުމެންނަށް ރަށްރަށައް ދިމާވާ މައްސަލަ ދިމާވިނަމަ ކަންކުރާނެ ގޮތުގެ.. ލީފިލެޓްތަކާއި، އަދި އެކަމާއި ބެހޭ މައުލުމާތު ފަންނީ މައުލުމާތު އަޅުގަނޑުމެން މި ގެންދަނީ ހިއްސާކުރަމުން.. “ މިނިސަޓަރ ވިދާޅުވިއެވެ.
ސިޓީ މިނިސްޓްރީއާއި އަދި ކައުންސިލްތަކާއި ގުޅިގެން ބޭސްތައް ރަށްރަށުގެ ކައުންސިލުންނަށް ލިބޭނެ އިންތިޒާމު ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންޓަރ ގޮރޭޓެޑް މެނޭޖްކުރާއިރު ތިމާވެއްޓާއި ރައްޓެހި ބޭސް ބޭނުން ކުރުމުގެ ދިރާސާތަކެއް ކުރައްވާ ކަމަށާއި އަދި ޓާރޯލީފް ބްލައިޓް މެނޭޖްމެންޓް ޕްރޮގުރާމް ހިނގުމުގެ މަސައްކަތް ކުރަވްމުންގެންދާކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތުގެ މެގްނެޓިއުޑް ގަސްގަހާގެހި ބާއްވަތްތައް އަދި ޕެސިޓައިޑް އެތެރެކުރުމުގެ ހުއްދަ 6 މަސް ދުވަސް ތެރޭގައި 710 ފަރާތްތަކަށް ވަނީ ދެވިފައިވެއެވެ. އޭގެ ތެރެއިން ޕެސިޓައިޑް ފާޓްލައިސް އެތެރެކުރުމުގެ ހުއްދަ ލިބިފައިބަނީ 103 ފަރާތަކަށެވެ. އަދި ގަސްގަހާއި މާމެލާމެލީގެ 611 ސިޕްމެންޓެ އެރެތެކޮށްފައިވާއިރު އޭގެ ތެރެއިން 1،51،395 ގަހާއި 2،124،965 މާމެލާމެލި ހިމެނެއެވެ. މީގެ އިތުރުން ޤަވައިދާ ޙިލާފަށް ހިފެހެއްޓިފައި ހުރީ ޖުމްލަ 2،161 ގަހާއި 2،090 މާމެލާމެލިއެވެ. އެކްވެޓިވް ޕްލާންޓްގެ 29 ސިޕްމެންޓް ގައި 8،511 އެތެރެކުރެވިފައިވާއިރު ބެނެފިޝަލް އޯގަނިޒަމް ގެ 1 ސިޕްމެންޓް ވަނީ އެތެރެކުރެވިފައެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެ އެތެރެކުރާ ތަކެތީގެ ފުރިހަމަކަން ޤާއިމްނުކުރެވޭ އެއްޗެހި ނައްތާލުމަކީ އެ ވުޒާރާގެ ޒިންމާއެއް ކަމަށާއި އެގޮތުގެމަތިން ގަސްގަހާއި މާމެލާމެލީގެ ޖުމްލަ 7 ސިޕްމެންޓެއް ނައްތާލެވިފައި ވެއެވެ. އަދި ލިޔެކިއުން ހަމަނުވުމުގެ ސަބަބުން 4 ސިޕްމެންޓިންގެ ގަސްގަހާގެހި އާއި މާމެލާމެލި ހިފެހެއްޓިފައި ހުރިކަމަށެވެ.

