ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމަށް މިފްކޯއާއި ހަވާލު ކޮށްފި

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް 11 ރަށެއްގައި އައިސް ޕްލާންޓު ގާއިމްކުރުމަށް މިފްކޯއާއި ހަވާލުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހިއްސާ ކުރެއްވީ އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ވިދާޅުވީ އައިސް ކެޕޭސިޓީ އިތުރުކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވިފަހުން 11 އައިސް ޕްލާންޓެއް މިހާރު ވާނީ މިފްކޯއާ ހަވާލު ކުރެވިފައި. މިފްކޯއިން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، އެ މަސައްކަތްތައް މިހާރު އެވަނީ ޓެންޑަރިން މަރުހަލާގައި.

މިނިސްޓަރު ވިދާޅުވިއެވެ.

11 އައިސް ޕްލާންޓްގެ މަސައްކަތް މިއަހަރު ފަހުކޮޅުގެ ތެރޭގައި ނިމޭނެކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީ ކޮޅުގެ ތެރޭގައި މަސައްކަތް ނިމޭނެކަމަށވެެ.

މި 11 އައިސް ޕްލާންޓް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ހއ އަތޮޅުން 2 ރަށުގައި އަދި ހދ އަތޮޅުގެ 1 ރަށެއްގައިކަމަށްވާއިރު، ށ އަތޮޅު 2 ރަށެއްގައި އައިސް ޕްލާންޓް ގާއިމް ކުރާނެއެވެ. އަދި ޅ އަތޮޅުން ނައިފަރުގައި ގާއިމް ކުރާއިރު، އއ އަތޮޅުންނާއި މ، ދ އަދި ގދ އަތޮޅުގައި އައިސް ޕްލާންޓް ގާއިމް ކުރެވިގެންދާނެއެވެ.

މީގެ ތެރެއިން ފަސް އައިސް ޕްލާންޓަކަށް ފަންޑު ހަަމަޖެހިފައިވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ ހަ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: