އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމަށް ހިތަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ނާޒިލް އިންތިހާބުކޮށްފިއެވެ.
އެމްޑީޕީން ޕީޖީ ގްރޫޕުގެ މަގާމްތަކަށް އިންތިހާބު ކޮށްފައިވާ މެންބަރުންވަނީ އެ ޕާޓޏް އާއްމުކޮށްފައެވެ.
އޭގެތެރޭގައި:
ޑެޕިއުޓީ ޕީޖީ ލީޑަރު: ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
ޑެޕިއުޓީ ޕީޖީ ލީޑަރު: މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ
ސެކްރެޓަރީ ޖެނެރަލް: ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް: މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު
ޗީފް ވިޕް: ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
ވިޕް: ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ވިޕް: ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
20 ވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވީ 12 މެންބަރުންނެވެ. މިއީ ފެހި ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފެށީއްސުރެ އެންމެ މަދު ގޮނޑި އެމްޑީޕީއަށް ލިބުނު ފަހަރެވެ.

