ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމަރޖެންސީ މެޑިސިން ޑޭ ގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތު ނައިބުރައީސް ޝަރަފުވެރިކޮށްދެއްފި!

އިމަރޖެންސީ މެޑިސިން ޑޭ ގެ ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”އިމަރޖެންސީ މެޑިސިން ޑޭ 2024″ ގެ މުނާސަބަތުގައި ބޭއްވި ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި“އިމަރޖެންސީ މެޑިސިން“ ކުރިއެރުވުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވިޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. އަދި ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން (ސީ.ޕީ.އާރު) ފަރުވާދިނުން ދައްކާލުމާއި، ސީ.ޕީ.އާރު ފަރިތަކުރުމަށް 30 މިނިޓުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ސީ.ޕީ.އާރު ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމީއްޔާތުގައި ބައިވެރިންނަށް ވަނީ އިމެޖެންސީ މެޑިސިންއާއި ގުޅޭ މަޢުލޫމާތު ދީފައެވެ. އަދި ކުއްލި ޙާލަތެއްގައި ސީޕީއާރު ދޭން ޖެހިއްޖެ ނަމަ، ސީޕީއާރު ދޭނެ ގޮތް ޖަލްސާގެ ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ. މިއަހަރުގެ އިމަޖެންސީ މެޑިސިން ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗުން ސަރުކާރު އޮފީސްތަކާއި، ކުންފުނިތަކުގެ މުވައްޒަފުންނަށް ސީޕީއާރް ދަސްކޮށްދިނުމަށް ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިމަރޖެންސީ މެޑިސިން ފުރަތަމަ އުފެދިފައިވަނީ 1970 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ޔޫރަޕްގައެވެ. މި އަހަރުގެ އިމަރޖެންސީ މެޑިސިން ޑޭ ގެ ޝިއާރަކީ ”ކްލައިމެޓް ޗޭންޖް އިޒް އަ ހެލްތް އިމަރޖަންސީ ޓޫ“ އެވެ.

މިރަސްމީއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މަސްވެރިކަމާއި ބެހޭ ވަޒީރު، ޤައުމީއްޔަތާއި ބެހޭ ވަޒީރު އަދި ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން އިތުރުން އިދާރީދައިރާތަކާއި ބެހޭ ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އިސްވެރިން މި ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: