ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ރައީސް ކަމަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް!

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ނަްއިބުރައީސް ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބުރައީސްގެ މަގާމަށް އަހުމަދު ނާޒިމް އިންތިހާބު ކޮށްފިއެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަބްދުއްރަހީމް އިންތިހާބުވީ 71 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާއި ވާދަ ކުރެއްވި އެމްޑީޕީގެ މެމްބަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއަށް ލިބިވަޑައިގެންނެވީ 14 ވޯޓެވެ.

ނައިބް ރައީސް ކަމަށް އިންތިހާބުކުރި އަހުމަދު ނާޒިމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. އަދި ނާޒިމްއާއި ވާދަ ކުރެއްވި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީއަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ މެމްބަރުން ހުވާކުރައްވާފައިވާއިރު، ޕީއެންސީއިންވަނީ އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރުކަން ކާމިޔާބުކުރައްވާފައިވާ އަބްދުއްރަހީމް އަބްދުﷲކަން ހާމަކޮށްފައެވެ. އަދި ނައިބުރައީސްގެ މަގާމަށް ޕްރޮގްރެސިވް ކޯލިޝަންއާއިއެކު ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ މީހެއްކަމަށްވާ ދިއްގަރު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ އަހުމަދު ނާޒިމްއެވެ.

އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. ޕީއެންސީން މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހެޅުއްވީ ނާޒިމްގެ ނަމެވެ. ނާޒިމްގެ ނަން ހުށަހެޅުއްވީ ފަލާހެވެ. އެ ނަމަށް ތާއީދު ކުރެއްވީ އަބްދުއްރަހީމެވެ.

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެމްޑީޕީންވެސް ނަން ހުށައެޅުއްވިއެވެ. އޭގެތެރޭގައި ރައީސް އަކަަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން އަދި ނައިބުރައީސްގެ މަގާމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަން ހުށައެޅިއެވެ.

ނާޒިލް އަދި އަހުމަދު ދީދީގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެެ) އެވެ. ނާޒިލްގެ ނަމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އަހުމަދު ދީދީގެ ނަމަށް ތާއީދު ކުރެއްވީ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ޝާކިރެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީއަށް އޮތްއިރު މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވައެވެ. ދެން ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް، އެމްޑީއޭގެ ދެ މެންބަރުން، އެމްއެންޕީގެ މެންބަރެއް، އެމްޑީޕީގެ 12 މެންބަރުން އަދި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: