ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިރާސާއެއް ހެދުމަކީ މުހިންމުކަމެއް: މެޓް

މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ވަމުންދާ ގޮތް ދިރާސާ ކުރުމަށް ރިސާޗްތަކެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީ ގެ “ފުރަމެންދުރު” ޕްރޮގްރާމްގައި ހާފިޒް ވިދާޅުވީ ރާއްޖޭގެ ސަރައްހައްދަށް މޫސުން ގޯސްވާލެއް އަވަސްވާ ކަމަށާއި އުދައެރުން ފަދަ ކަންކަން އަވަސްވާކަމަށެވެ. އެހެންނަމަވެސް ކުރިން ރާއްޖެގެ ރަށްތަކަށް އުދައެރުމުގެ މާބޮޑު މައްސަލަތަކެއް ދިމާވެފައި ނުވާނަމަވެސް، މިހާރު އެކަން ވަރަށް އާއްމު ކަމަކަށް ވެފައިވާ ކަމަށް ހާފިޒް ވިދާޅުވިއެވެ.

“ހައްސަކޮށް ހުޅަނގު މޫސުންފެށިގެން އަންނައިރު އެދައެރުމަކީ އާއްމު ކަމަށްވެފައިމިވަނީ، މިދިޔައަހަރުވެސް މީހުންނަށް ވަރަަށް ބިރުވެރި މަމްޒަރުތައް ބްރިޖް ސަރަހައްދުންވެސް ފެނިގެންދިޔަ. މިކަހަލަ ހާދިސާތައްވުން އަވަސް މިވަނީ. އަނެއްކާ މީގެ އަވަސްވާންޖެހޭ އެއްސަބަބަކީ ކްލައިމެޓް ޗޭންޖް އެެއަކަށް ދެބަސްވުމެއް ނެތް. އެކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑޫ ހޫނުވޭއެބަ. ޓްރޮޕިކަލް ސައިކްލޯންތައް އުފެދޭލެއްގިނަވެ، އޭގެ ބާރު އެބަ ގަދަވޭ. އަނެެއްކާ ރާއްޖޭގެ ކައިރިއަށް ވީހާވެސް އޭއްޗިސް އާދޭ އެބަ”

ހާފިޒް ވިދާޅުވީ ރާއްޖޭގެ ކައިރީގައި އުފެދޭ މި ސައިކްލޯން ތައް އުފެނީ ކިހާ އަވަހަކަށްތޯ. ނުވަތަ އުފެދެނީ ކިހާ ބާރުމިނެއްގައިތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށާއި އަދި މުސްތަގުބަލުގައި މީގެ ސަބަބުން ރާއްޖެއަށް ވާންއޮތީ ކޮން ގެއްލުމެއްތޯ އާއި އަދި ރާއްޖެއަށް އުދައަރާއިރު އަރާނީ ކިހާބޮޑޫމިނަކަށްތޯ، މިކަންކަމުގެ އެއްވެސް ދިރާސާއެއް ހަދައިފައިނުވާކަމަށް ހާފިޒް ވިދާޅުވިއެވެ.

ރާއްޖޭގައި ވަށައިގެން ކަނޑު އޮތުމުން ކަނޑުގެ ލޮނުގަނޑަށް އެއަންނަ ބަދަލުތައް ބެލޭނެ ގޮތެއް ހުރުމަކީ މުހިންމު ކަމެއްކަމަށާއި އަދި އެކަންކަން ކުރުމަށްޓަކައި ވަސީލަތްތައް ނެތްކަމަށް ހާފިޒް ވިދާޅުވިއެވެ. ހާފިޒް ވިދާޅުވީ ކަނޑުގައި ވަސީލަތްތައް ހަރުކޮށް އެ ވަސީލަތްތައް ބެލެހެއްޓެން ޖެހޭ ކަމަށެވެ. އެހެންނަމަވެސް ފައިނޭންޝިއަލީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ވަސީލަތްތައް ލިބިމުގައި ދިމާވާ ދަތިތައްކަމަށް ހާފިޒް ވިދާޅުވިއެވެ.

ހާފިޒް ވިދާޅުވީ ބާރަށް ގުގުރާ ވިދުމަކީ ރާއްޖޭގައި އަބަދުވެސް ވަމުންދާ ކަމެއް ކަމަށާއި، އެހެންނަމަވެސް ރާއްޖޭގައި މިކަމަށް ހާއްސަކުރެވިގެން އެއްވެސް ސިސްޓަމެއް ގާއިމްކުރެވިފައި ނެތްކަމަށެވެ.

“މިއަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މަދުވެގެން ތިން ސަރަހައްދެއްގައި ލައިޓްނިންގ ޑިޓެކްޓަރެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން. މިކަލަ އެތައް މަސައްކަތްތަކެއް އެބަހުރި އަޅުގަނޑުމެން ކުރަންޖެހޭ، ކުރުމަށް މަސައްކަތް ކުރަމުންދާ”

ހާފިޒް ވިދާޅުވީ ކަނޑުގެ ފިނިހޫނުމިން ބެލުމަށްޓަކައި އިކުޕްމެންޓް ހަރުކުރުމުގެ މަސައްކަތް މި ަހަރުގެ ތެރޭގައި ކުރެވިގެންދާނެކަމަށެވެ. ފިނިހޫނުމިނުގެ އިތުރުން ރާޅުގެ އޮއެވަރާއި، ރާޅުގެ އުސްމިނާއި އެ ހުރިހާ ކަމެއް ބެލޭނެ ގޮތްމަގުފަހިވެގެން ދާނެ ކަމަށެވެ. މިކަންކަމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ރާއްޖޭގެ ފަރުތަކުގައި ގާ ހުދުވުމާއި، މުރަކަތަށް ހުދުވުމުގެ ކަންކަން ރާއްޖޭއަށް އަންނާނީ ކިހާވަރަކަށްތޯ ބެލުންކަމަށް ހާފިޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: