ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ކޮމިޓީއަށް 13 މެންބަރުން، އެހެން ދާއިމީ ކޮމިޓީތަކަށް 11 މެންބަރުން!

20 ވަނަ މަޖިލިސް ހުވާކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް 13 މެންބަރުން އަދި މަޖިލީހުގެ އެހެން ދާއިމީ ކޮމިޓީތަކަށް 11 މެންބަރުން ކަނޑައަޅަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު ފެށި މަޖިލީހުގެ 20 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ. 241 ކޮމިޓީއަކީ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް ފާރަވެރިވުމަށް ގާނޫނު އަސާސީން ބާރު ލިބިފައިވާ ކޮމިޓީއެކެވެ.

މިއީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ހުށައެޅުއްވުމެކެވެ. ފަލާހުގެ ހުށަހެޅުއްވުން ފާސްކުރީ 88 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމިޓީތަކުގެ މެންބަރުންގެ ނަންތައް އަދި ފާސްކޮށްފައިނުވާއިރު، ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލް ކުރެވޭނެ ގޮތްވެސް އަދި ފާހެއް ނުކުރެއެވެ. 241 ކޮމިޓީއަށް ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މިހާރު އޮތް މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު، ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: