ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލައަށް ކިޔެވުމަށް ޒިންމާވާ ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުމަށް މިނިސްޓަރު އިލްތިމާސް ކޮށްފި

އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލައަށް ކިޔެވުމަށް ޒިންމާވާ ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު އިލްތިމާސް ކޮށްފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ސަރުކާރު ސްކޫލުތަކުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނާއި ބައްދަލު ކުރެއްވުމަށް، މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއްގައެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ މި ފެށުނު ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ޕްރިންސިޕަލުންނާއި ސްކޫލުގައި މަސައްކަތްކުރައްވާ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވާފައެވެ.

މި ބައްދަލުވުމަކީ މި އަހަރު މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ މަޢުލޫމާތު ސްކޫލުތަކުގެ އިސްވެރީންނާ ހިއްސާކުރައްވާ، މިނިސްޓްރީއިން އެކުލަވާލުމަށް ހަމަޖެހިފައިވާ އެކި ސިޔާސަތުތަކާ ގުޅޭ ގޮތުން ޕްރިންސިޕަލުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވި ބައްދަލުވުމެއްކަމަށް މިނިސްޓްރީއިން ބުނިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ‘އިންޑިޕެންޑެންޓް ލާނަރސް’ ގެ ގޮތުގައި އަދި އަމިއްލަ އަށް ކިޔެވުމަށް ޒިންމާވާ ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރުމަށް ސްކޫލުތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި މުދައްރިސުންނަކީ ގަދަރާއި އިޙްތިރާމް ލިބިގެންވާ، އަބުރުވެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރެ، ސްކޫލް ވެއްޓަކީ މުދައްރިސުންނަށް އިޙްތިރާމާއި ގަދަރުދޭނެ ތަނެއްގެ ގޮތުގައި ބައްޓަންކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުދައްރިސުންގެ ވޯކްލޯޑް ކުޑަ ކުރުމަށްޓަކައި މި ދިރާސީ އަހަރުގެ ތެރޭގައި މިނިސްޓްރީއިން ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަން މިނިސްޓަރ ވަނީ މި ބައްދަލުވުމުގެ ތެރޭގައި ޕްރިންސިޕަލުންނާ ޙިއްޞާކުރައްވާފައެވެ. އޭގެ ތެރޭގައި ސްކޫލުތަކުން ބޭނުންކުރާ ވައިބަރ ގްރޫޕްތައް ވަކި ނިޒާމެއްގެ ތެރެއިން މަދުކުރުމާއި، އިމެއްނެތި ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތައް މަދުކޮށް، މުދައްރިސުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ރޭވިފައިވާ ބައެއް ކަންކަން ވެސް ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ދަރިވަރުންނަށް އުނގަންނައިދިނުމަށް ސްކޫލުތަކުގެ އިސްވެރީންނާއި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: