ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ފަރުމާކުރުމުގެ މަޝްވަރާތައް ފަށައިފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ފަރުމާކުރުމުގެ މަޝްވަރާތައް ފެށުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ޕްރޮގްރާމެއް ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިންނާ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ މަހުމޫދު ޝައުޤީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އަދި ޔުނިވަރސިޓީތަކުގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ސާމްޕަލް އައުޓްލައިންތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މި ޕްރޮގްރާމް ވިލަރެސްކޮށް، ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ބޭފުޅުންގެ ފަންނީ ލަފައާ އެކުގައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނުވެފައި ތިބި ފެންވަރު ރަނގަޅު މުދައްރިސުން ލިބުން ދަތިވުމެވެ. ސަރުކާރު ސްކޫލުތަކުގައި މި ދިރާސީ އަހަރު ވެސް 1,900 އެއްހާ ބިދޭސީ މުދައްރިސުން މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. އަދި މުޅިން އަލަށް މި ދިރާސީ އަހަރު 156 ބިދޭސީ މުދައްރިސުން ސްކޫލުތަކާ ގުޅިވަޑައިގެންނެވިއެވެ. ދިވެހި މާއްދާ އާއި އިސްލާމް މާއްދާ ކިޔަވައިދޭ 300 މުދައްރިސުން ތިއްބަވާ އިރު، އޭގެ ތެރޭގައި ގިނައީ ޢުމުރުން 55 އަހަރު ވެފައިވާ ބޭފުޅުންނެވެ. އެހެންކަމުން ކޮންމެ ވަގުތަކުވެސް އަރލީ ރިޓަޔަމެންޓް ނެންގެވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވެއެވެ. ހަމަމިއާއެކު، މުދައްރިސުންގެ އާބާދީގައި އަންހެން ބޭފުޅުން ގިނަ އިރު، އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 500 ބޭފުޅުން މެޓަރނިޓީ ލީވް ނަންގަވައެވެ.

ފެންވަރު ރަނގަޅު މުދައްރިސުން ހޯދަން ދަތިވާ މައިގަނޑު އެއް ސަބަބު ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ފާހަގަކުރެއްވީ އޭ-ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ތަޢުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުރި ދަރިވަރުންގެ އަދަދު މަދުވުމެވެ. އެހެންކަމުން ސްކޫލް ނިންމާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މުދައްރިސުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމްގެ އަމާޒަކީ މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، އޭގެ މަންފާ ދިގު މުއްދަތަކަށް ތަޢުލީމީ ނިޒާމަށް ލިބިގެންދިއުމެވެ.

މުދައްރިސުން ތަމްރީނު ކުރާއިރު، އެންމެ ބޮޑަށް އިސްކަންދިނުމަށް ހަމަޖެހިފައި ވަނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތަކަށް ޚާއްޞަ އިސްކަމެއް ދީގެންކަމަށް މިނިސްޓްރީއިން ބުނިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ޤައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފްތިތާޙުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: