ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީ މަސައްކަތްކުރާނީ ހަމަހަމަކަމާ އިންސާފުވެރިކަމާއެކު: ޕީއެންސީގެ ޕީޖީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ހަމަހަމަކާ އިންސާފުވެރިކަމާ އެކީގައި އަބަދުވެސް ޕީއެންސީއިން މަސައްކަތް ކުރާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތަސް ނެތަސް ނަހަމަ ގޮތުގައި މަސައްކަތް ކުރާ ބޭފުޅުން މަސައްކަތް ކުރާނީ އެގޮތަށް ކަމަށެވެ. ރައްޔިތުން ޕީއެންސީއަށް މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއް ދިނީ އެގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އެ ބޮޑު އަގްލަބިއްޔަތު ބޭނުންކުރާނީ ގައުމާއި ރައްޔޮތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކަމެއްގައިވެސް މައިނޯރިޓީ ޕާޓީތައް ޝާމިލްކޮށްގެން މަސައްކަތް ކުރުމަށް ކަމަށެވެ.

“ވީހާ ވެސް ބޮޑަކަށް ކޮމިޓީތަކާއި ތަޅުމުގައި ވަކާލާތު ކުރުމަގައި އާއި އެހެން ހުރިހާ ކަމެއްގައި އެ ބޭފުޅުން ބައިވެރި ކުރާނެ ކަމުގެ ޔަގީންކަން އަރުވަން”

މީގެެއިތުރުން ފަލާހް ވިދާޅުވީ އެ ޕާޓީގެ ބޮޑު ލަޝްކަރެއް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮން ނަމަވެސް މަސައްކަތް ކުރާނީ މައިނޯރިޓީގައި ތިބި މެންބަރުންނާއި މަޖިލިސްތެރޭގައި އެ ބޭފުޅަކު ބޭނުންގޮތަކަށް ބޭނުން ފުރުސަތެއް ދީގެން ކަމަށެވެ. މަޖިލިހުގެ މައިނޯރިޓީ ޕާޓީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނަށް މަޖިލީހުގެ ތެރެއިން ބޭނުން ގޮތަކަށް ބޭނުން ފުރުސަތެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: