ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގު ރަޖިސްޓްރީތަކަށް ޖާގަ ލިބުނީ ބޭނުންކުރަމުން އައި ސިސްޓަމް ޒަމާނަށް ނުފެތޭތީ: މިނިސްޓަރު އަމީން

ތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުގަވައިދުން ގިނަ އަދަދެއްގެ ރެޖިސްޓްރީތައް ކުރެވިގެންދިއުމަށް ފުރުސަތު ފަހިވެގެންދިޔައީ ޓްރާންސްޕޯޓު މިނިސްޓްރީގައި އެ މަސައްކަތްތައް ކުރުމަށް ގެންގުޅު ސިސްޓަމް އައުޓް ޑޭޓްވެފައި ހުރުމުގެ ސަބަބުން ސެކިއުރިޓީ ކަށަވަރުނުކުރެވިގެންކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން ކުރިއަށް ގެންދިޔަ ނޫސްވެރިން ބައްދަލުވުމެއްގައި މިނިސްޓަރު އަމީންވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ޓްރާސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ޓްރާންސްޕޯޓަކީ ގިނަ އަދަދެއްގެ މައުލޫމާތު ބަލަހައްޓަންޖެހޭ މިނިސްޓްރީއެއްކަމަށެވެ. އެގޮތުން އެއްގަމު އުޅަނދުގެ ރެޖިސްޓްރީ އަދި އެފަދަ ގުޅުންހުރި ލިޔެކިއުންތަކުގެ އިތުރުން ކަނޑު އުޅަނދުތަކުގެވެސް އެފަދަ ލިޔެކިއުންތައް ޓްރާންސްޕޯޓުން ބަލަހައްޓާކަމަށެވެ. އަދި އެއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި އެފަދަ ތަކެތީގެ ލިޔެކިއުންތައްކަމަށާއި ސަލާމަތްތެރިކަމާއި ރައްކައުތެރިކަމާއިއެކު ގާނޫނުގައި ވާގޮތަށް ކަންކަން ކުރެވިގެން އަންނަނީ މިނިސްޓްރީއަށް އެ މައުލޫމާތުތައް ބެލެހެއްޓިގެންކަމަށްވެސް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ނިމިދިޔަ ދައުރުގައި އެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންކުރަމުން އައިސްފައިވަނީ ސެކިއުރިޓީގެ ގޮތުން ޒަމާނަށް ނުފެތޭ ސިސްޓަމެއްކަމަށާއި އެއްގޮތަކަށްވެސް ސެކިއުރިޓީ ނުބެލެހެއްޓޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި އެހެން ގައުމުތަކުގައިވެސް ގެންގުޅެމުންދާފަދަ ސެކިއުރިޓީ ޔަގީންކުރެވޭ ނިޒާމަކަށް ބަދަލު ކުރަންޖެހޭކަމަށާއި އެ މަސައްކަތްތައްވެސް ކުރެވިގެން އަންނާނެކަމަށް ވިދާޅުވިއެވެ،.

މިނިސްޓަރ ވިދާޅުވީ، ގިނަ އަދަދެއްގެ ވަގު ރެޖިސްޓްރީތަކާއި އެކަން ކުރުމަށް ޖާގަ ލިބުމުގެ އިތުރުން ވަގު ޑޮމެއިންތަކެއް ނެރެވުމާއި ބެކް އެންޑް އިން އެކްސެސްވެގެން ޑުބްލިކޭޓް ކުރުން ފަދަ އެތައް ކަމެއްގެ އިތުރުން ފައިސާ ނުދައްކާ ރެޖިސްޓްރީތައް ކުރެވިގެން ގޮސްފައިވަނީ އެކަމުގެ ސަބަބުންކަމަށެވެ. އަމީން ވިދާޅުވީ، ދައުލަތުގެ ރައްކައުކުރެވިފައި ހުންނަން ޖެހޭ ބައެއް މައުލޫމާތުތައްވެސް ވަނީ ރިކަވާރ ނުކުރެވޭ ވަރަށް ގެއްލި ގޮސްފައިކަމަށާއި އެކަން ވެފައިވަނީ މަސައްކަތްތައް ކުރުމަށް އެކަށީގެން ނުވާ ނިޒާމެއް ބޭނުންކުރަމުން އައިސްފައިވުމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުންވަނީ އެކަން ހައްލުކުރުމަށްޓަކައި މަސައްކަތްތައް ކުރުމަށް ޓްރާންސްޕޯޓުގައި އައިޓީ ޑިޕާޓުމެންޓެއްވެސް ވުޖޫދުކޮށްފައިކަމަށާއި މިހާރު އެ ޑިޕާޓުމެންޓުން މަސައްކަތްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ މަގެއް މެދުވެރިކޮށް ސަރުކާރުގެ ރެކޯޑުތައް ބަދަލުކުރުން ކަހަލަ ކަމެއް ކުރިއަށް އޮތްތާނގައި ނުކުރެވޭނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: