ފެމެލީ ކޯޓަށް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅާ، ބަލާފައިވަނީ ވަރީގެ މައްސަލަތައްކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުން ހިއްސާ ކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން، އާއިލީ މައްސަލަތަކުގެ އަދަދު 125 އަށް އަރާއިރު، އޭޕްރީލް މަހު އެކަނިވެސް 101 މީހަކު ވަރިވުމަށް އެދި ކޯޓަށް ހުށައެޅިއެވެ. އޭގެ ތެރެއިން 60 މީހަކު ވަނީ ފެމެލީ ކޯޓުގައި ވަރިވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކުރީގައި ހުށައަޅާފައި ހުރި ވަރީގެ މައްސަލަތަކާއިއެކު، ވަރީގެ މައްސަލަތަކާއެކު ވަރީގެ 80 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ.
އޭޕްރިލް މަސް ނިމިނުއިރު، ގޮތެއް ނުނިމި ވަރީގެ 168 މައްސަލައެއް އެބައޮތެވެ. މިފަދަ ޖުމްލަ 113 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ. އަދި ވަރިއާއި މެދު ޝައްކު އުފެނު މައްސަލަތައްވެސް އެބަ އޮތެވެ.
ވަރީގެ އަދަދު ގިނަ ނަމަވެސް އޭޕްރީލް މަހު ކައިވެރިނިކޮށްފައިވާ މީހުންގެ އަދަދު މާ ގިނައެވެ. އެއީ 144 މީހެކެވެ.
އޭޕްރިލް މަހާއި ހަމައަށް އައިރު، ކޯޓުގައި ދަރިންނަށް ހަރަދު ނުދިނުމުގެ ފަސް މައްސަލަ އޮތްއިރު، އޭޕްރިލް މަހު މީގެ 4 މައްސަލައެއް ކޯޓަށް ހުށައެޅިއެވެ. ދަރިންނަށް ދޭންޖެހޭ އެހެނިހެން ޚަރަދުތައް ހޯދުމަށް ހުށައެޅި 4 މައްސަލައެއް ވެސް ކޯޓުގައި އޮތް އިރު، އަނބިމީހާއަށް ދޭންޖެހޭ ޚަރަދު ނުދީގެން ހުށައެޅި މައްސަލައެއްވެސް ވެއެވެ.
ގެވެށި އަނިޔާގެ 5 މައްސަލައެއް އޭޕްރިލް މަހު ހުށައެޅިއެވެ. ރައްކާތެރިކަމުގެ އަމުރު ނުވަތަ ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެދިނުމަށް އެދުނު މީހުންގެ އަދަދު 4 އަށް އަރައެވެ. ޖުމްލަ ގެވެށި އަނިޔާއާ ގުޅޭ 8 މައްސަލައެއް ނުނިމި އެބައޮތެވެ.
ދަރިންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭކަމުގެ މައްސަލައިގައި 2 ޝަކުވާއެއް ހުށައަޅާފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބެލެނިވެރިކަމުގެ އަމުރެއް ނެރެދިނުމަށް އެދި 3 މައްސަލައެއް ހުށައަޅާފައިވެއެވެ. އަދި ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްދިނުމަށް އެދި ހުށައަޅާފައިވާ މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ.

