ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓު ހެދުމަށް ނުވަ އަތޮޅަކުން 17 ރަށާއި، ފަޅު ދޫކުރަނީ!

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓު ހެދުމަށް ނުވަ އަތޮޅަކުން 17 ރަށާއި، ފަޅު ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީއިން ކުރި އިއުލާނުގައި އެންމެ ބޮޑު އަގުގައި ދޫކުރުމަށް ނިންމާފައި ވަނީ ކ އަތޮޅުގެ ހިމިއްޔާ ފަޅުގެ ބައެއްކަމަށެވެ. އެ ފަޅުން ބައެއް ދޫކުރަން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޮސްޓަކީ 24 މިލިއަން ޑޮލަރު ނުވަތަ 370 މިލިއަން ރުފިޔާއެވެ. އެއީ 712 ހެކްޓަރުގެ ސަރަހައްދެކެވެ.

ދެވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި އޮތީ، ޅ. ދިއްފުއްޓެވެ. އެ ރަށް ދޫކުރަނީ ކައިރީގައި އޮންނަ މައިދޫ އާ އެކުކަމަށްވާއިރު، އެރަށުގެ އަގަކީ 19 މިލިއަން ޑޮލަރެވެ. އެއީ 292 މިލިއަން ރުފިޔާއެވެ. އެއީ 36 ހެކްޓަރުގެ ސަރަހައްދެކެވެ.

ތިން ވަނައަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި އޮތީ މާލެ އަތޮޅުގެ 46 ހެކްޓަރުގެ ފަޅަކަށްކަމަށްވާއިރު، އެ ތަނުގެ އެކުއިޒިޝަން ކޮސްޓަކަށް ކަނޑައަޅާފައިވަނީ 11 މިލިއަން ޑޮލަރު އެވެ. އެއީ 170 މިލިއަން ރުފިޔާއެވެ.

އެ ތިން ރަށުގެ އިތުރަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ރ. ދިއްކުރެއްދޫ އާއި ތ އަތޮޅު ކަނިމީދޫ އާއި ރުށްތިބިރަށާއި އެ އަތޮޅު ގާލީ ވެސް ހިމެނޭއިރު،  އެ ރަށްތަކުގެ އަގު އުޅެނީ 2-2.7 މިލިއަން ޑޮލަރު ނުވަތަ 30-40 މިލިއަން ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.

އޭގެ އިތުރުން ހދ. ވައިކަރަމުރައިދޫ އާއި ށ. ކުޑަޅައިމެންދޫ އާއި ޅ. ވިހަފަރުފިނޮޅާއި އއ. އަލިކޮއިރަށާއި ވ އަތޮޅުގެ ފަޅަކާއި ލ. ކަށިދޫ އާއި އެ އަތޮޅު ބޮނޑުފުންޏަފުއްޓާއި ހަންހުށި އަދި ގއ. ބޭރުމައުޑޫ އާއި ގދ.ކަޅެހުއްޓާ ހިމެނެ އެވެ.

މިރަށްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ ގއ. ބޭރުމައުޑޫ އަށެވެ. ތިން ހެކްޓަރުގެ އެރަށުގެ އެކުއިޒިޝަން ކޮސްޓަކީ 385،000 ޑޮލަރެވެ. މި ރަށްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކަމުގެ މައުލޫމާތު، ޓޫރިޒަމް މިނިސްޓްރީއަށް ގުޅައިގެން އޮޅުންފިލުވުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: