ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޑީއެފް ފަންޑަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފި

ފިނޭންސް މިނިސްޓަރު ޝަފީގް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 700 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށް ބުނެފިއެވެ.

މިކަން ހާމަކުރީ ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވީ ވަނީ ފައިސާ ޗާޕްކުރުން ހުއްޓުމަކަށް ގެނެސްފައިވާކަނަ ފާހަގަކޮށްފައެވެ. މިކަން ހުއްޓުމަކަށް ގެނައީ ރައީސް ޑރ މުހައްމަދު މުއިއްޒު ލަފަޔާއެކު ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބިލްޑް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރުގައި އެ ފަންޑުގައި ހުރީ ދެ ބިލިއަން ޑޮލަރު ކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސަރުކާރާއި ހަވާލުވުމަށް ފަހު މިއަދާ ހަމައަށް އައިއިރު އެ ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 771 މިލިއަން ރުފިޔާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަމާޒަކީ އެ ފަންޑު 100 މިލިއަން ޑޮލަރަށް އިތުރުކުރުން މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެހެނިހެން އިދާރާތަކަށް 6.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހިއްސާކޮށް މިނިސްޓަރު ވިދާޅުވީ،  ސަރުކާރު ކުންފުނިތަކަށް ކުރެވޭ ހޭދަ ކުޑަކުރަންޖެހޭކަމަށެވެ. އަސި ސަރުކާރުގެ ވެސް ހަރަދުތައް ކުޑަކުންޖެހޭކަމަށް ވިދާޅުވިއެވެ. މި މޭރުމުން މަސައްކަތް ކުރަނީ ސޭވްކުރެންހުރި ދާއިރާތައް ދެނެގަނެ، އިސްރާފު ކުޑަކުރުމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ގޮންޖެހުންތަކެއް ދިމާވެ، އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ސަރުކާރުގެ ފަރާތުން ގެންދަވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވަމުންނެވެ.

މިދިޔަ ސަރުކާރުން 120 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ވާރުތަވެގެން އައިއިރު މާލީ ޑިސިޕްލިން އެމްޑީޕީގެ ވެރިކަމުގައި ބޭނުން ކުރީ ފަރުވާކުޑަކަމާއި އެކު އެއްވެސް ހަމައެއް އުސޫލެއް ނެތިކަމަށް މި ސަރުކާރުން ބުނެއެވެ. އެހެންވެ އެސްޑީއެފް ފަންޑަށް އަލުން ޑޮލަރުން ފައިސާ ޖަމާކުރަން ފަށައި، އެ ފަންޑު ހިމާޔަތް ކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ އިހްތިސާދު ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، 120 ބިލިއަންގެ ތެރޭގައި ބޭރުގެ ދަރަންޏާއި 09 ބިލިއަންގެ އެތެރޭގެ ދަރަނި ހިމެނޭ ކަމަށެވެ. ފައިސާ ޗާޕް ކުރުން ހުއްޓާލުމަށް މި ސަރުކާރުން ނިންމީ، މުހިންމު މަގްސަދެއްގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސޮވެރިން ފަނޑުގައި ހުރި ޑޮލަރުތައް ކުރީ ސަރުކާރުން މާރުކޮށް އެއްކޮށް ހުސްކޮށްލި ކަމަށެވެ.

އެ ފަންޑަށް ޑޮލަރު ޖަމާ ކުރަން ފަށާފައިވާކަމަށާއި، އަހަރު ނިމޭއިރު 100 މިލިއަންގެ ބޮޑު އަދަދެއް ހުންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

 އިރާދަކުރެއްވިއްޔާ އަހަރު ނިމޭއިރު 100 މިލިއަންގެ ބޮޑު އަދަދެއް ޖަމާ ކުރެވޭނެ.

ދަރަންޏާއި ގުޅޭގޮތުން ރައީސް ވިދާޅުވީ 2025، އަދި 2026 ގައި ބޭރުގެ ދަރަނީގެ ގޮތުން ރާއްޖެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ. އެކަމަށް ތައްޔާރުވުމަށާއި، އަދި އިގްތިސާދު ފުޅާ ކުރުމަށް އިންވަސްޓްމަންޓުތައް އިތުރު ކުރެވިގެން ދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި އަހަރަށް ލަފާ ކުރި ދައުލަތުގެ ބަޖެޓު މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މީގެ ކުރިން ދުވަހަކު ވެސް އަމަލު ކުރި ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން އައު ސަރުކާރުން ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތް ނުކުރިއިރު، ހުށަހެޅި ކަންތައް ވެސް ބަޖެޓުން އުނި ކުރުމަކީ ކުރި ޖެއްސުމެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: