ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ދައުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ

މިއަހަރު ދައުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުންފުނިތައް ރީފޯމްކޮށްގެން ދައުލަތުގެ ބަޖެޓުން 5 ބިލިއަން ސަލާމަތްކުރެވިދާނެ ކަމަށް ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އާންމުދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އެގޮތުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނީގެ ތެރޭގައި ހިމެނޭ 25 އަށްވުރެ ގިނަ ކުންފުނީގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް ދާއިމީކޮށް މާލީ ވުޒާރާގެ ފަރާތުން ރިވިއުކުރަމުންދާކަމަށާއި އަދި ސަބްސިޑީދޭ މިންވަރު ކުޑަކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރު ހިއްސާވާ މިވަގުތު 32 ކުންފުނިއެއް އެބައޮތްކަމަށާއި ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ދައުލަތުން ޕްރައިވެޓް ސެކްޓަރއަށް 4.9 ބިލިއަން ރުފިޔާގެ ފައިސާ ދޫކޮށްފައިވާކަމަށެވެ. އަދި ސަރުކާރުގެ މުއައްސަސާތަކަށް 6.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ދަޢުލަތުގެ ޙަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު މިއަހަރުގެ ދަޢުލަތުގެ ބަޖެޓުން 5 ބިލިއަން ރުފިޔާ މަދުވެގެން ސަލާމަތް ކުރެވޭނެ ކަމަށެވެ.

“ އަޅުގަނޑު އުންމީދުކުރަނީ 5 ބިލިއަންވަރު މަދުވެގެން ސޭވްކުރެވޭނެކަމަށް..އިރާދަކުރެވިއްޔާ އެއަށްވުރެ ބޮޑު ޢަދަދެއް ސޭވްކުރެވޭނެ..މިހާރުވެސް ވަނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު އަދަދެއް ސޭވްކުރެވިފައި.“ މިނިސްޓަރ ވިދާޅުވިއެވެ. 

ރައީސް ޑރ. މުއިއްޒު، މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖެ އިން ދައްކަން ޖެހޭ ބޭރުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެތެރޭގެ ދަރަނީގެ ގޮތުގައި ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ދަރަނި ވެސް ނުވަ ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން ނަމަ، ރާއްޖެ އިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި އިންޑިއާ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: