ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ފުރަތަމަ ގްރޫޕު ސައުދީއަށް ފުރައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ދާ ފުރަތަމަ ގްރޫޕުގައި 298 މީހުން ސައުދީ އަރިބިއްޔާ ފުރައިފިއެވެ.

ރާއްޖެއިން ސައުދީއަށް ހައްޖުވެރިން ދަތުރުކުރަނީ އެ ގައުމުގެ ގައުމީ އެއާލައިން ސައުދިއާއިން މާލެ އާއި ޖިއްދާއާ ދެމެދު އަޅާ ފްލައިޓުތަކަކުންނެވެ. މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވާ މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެއެވެ. ސައުދީއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މިއަދު ފުރީ 272 ހައްޖުވެރިންނާއި 26 އެހީތެރިންނެވެ. އޭގެ އިތުރަށް ޖޫން ތިނެއްގައި 330 ހައްޖުވެރިންނާއި 23 އެހީތެރިން އަދި ޖޫން ހަތެއްގައި 316 ހައްޖުވެރިންނާއި 23 އެހީތެރިން ފުރާނެ އެވެ.

މިއަދު ފުރި ހައްޖުވެރިންނާ ބައްދަލުކުރައްވަން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.

މި އަހަރު ރާއްޖެއިން ދާ 980 މީހުންގެ ތެރެއިން 50 މީހުންނަކީ ވެރިކަމުގެ ދައުރުގެ ތެރޭގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ތެރޭގައި ހިމެނޭ މީހުންނެވެ.

މިނިސްޓްރީން މި އަހަރު 60 ފަގީރުން ފޮނުވަން ނިންމި ނަމަވެސް އޭގެ ތެރެއިން 10 މީހުން ވަނީ އެ ފުރުސަތު ދޫކޮށްލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: