ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެކުރޭ: އެޗް.ޕީ.އޭ

ދުންފަތުގެ މާކެޓް 1.8 މިލިއަން ރުފިޔާއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެކުރާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗް.ޕީ.އޭއިން ) ބުނެފިއެވެ.

ބައިނަލް އަޤްވާމީ، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުންފަތުގެ އިސްތިއުލާމު ކުރުމުގެ ސަބަބުން ތަފާތު އެކި ގިނަ ބަލިތަކަށް ހުށައެޅިގެންދާ  ކަމަށެވެ. ރާއްޖޭގައި ދިގު މުއްދަތަކަށް ބަލި ތަހައްމަލް ކުރަންޖެހޭ އަދި ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް އަހަރަކަށް ވުރެން އަހަރެއް އިތުރުވަމުންދާ ކަމަށާއި އަދި ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް އެތެރެ ކޮަށްފައިވާއިރު އެއީ 1.8 ބިލިއަން ރުފިޔާގެ ހޭދައެއް ކަމަށް އެޗް.ޕީ.އޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް ޝީޝާގައި ބޭނުން ކުރާ ދުންފަތާއި އީ-ސިނގިރޭޓް އެތެރެ ކުރުމަށް އެތަކެއް ލައްކަ ރުފިޔާ އަހަރެއްގެ މައްޗަށް ހޭދަކުރާކަމަށާއި ފަހަކަށް އައިސް ޒުވާނުންނާއި އަދި މެދު އުމުރުގެ މީހުންގެ ތެރޭގައި މިފަދަ ޙާލަތްތައް ދިމާވާ އަދަދު އިތުުރުވެފައިވާއިރު ވަޒިފާ އަދާ ނުކުރެވޭ ފަދަ ހަލާތްތަކުގައިވާ މީހުން ގިނަ ވެގެން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއެކުވެސް، އެކި ސަބަބުތަކާ ހުރެ އެކަމުގައި ބައިވެރިވާ މީހުން އަދިވެސް ވަނީ ގިނަވެފައެވެ. ބައެއްފަހަރަށް، ވަކި ޖަމާއަތްތަކެއްގެ ތެރެއަށް ފިޓުވުމުގެ ބޭނުމުގައި އެއްބަޔަކު އެކަން ކުރާއިރު، އަނެއް ބަޔަކު ކުރަނީ ބޯ ހާސްވެ މީހާ މާ ބޮޑަށް ފިކުރުބޮޑުވުމުން އެ ފިކުރުތަކާ ދުރަށް ދިޔުމަށްޓަކައެެވެ. ނަމަވެސް މިކަމުގެ ސަބަބުން އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހި ވެގެން ދެއެވެ.

އެތެރެހަށީގެ ހާއްސަ ޑޮކްޓަރ ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ސިނގިރޭޓް ބޯ މީހަކު އެކަން ހުއްޓާލަން ބޭނުންވާނަމަ އޭނާގެ ވަށައިގެން އުޅޭ އެންމެންގެ އެހީތެރިކަން އެކަމަށް ބޭނުންވެއެވެ. ނަމަވެސް އެކަމަކީ ހުއްޓާލުމުގެ އަޒުމު ވަރުގަދަވެގެން ނޫނީ އެކަން ކުރަން އުނދަގޫވާނެ  ކަމެކެވެ. މީގެ އިތުރުން ސިނގިރޭޓް ހުއްޓާލާ ފުރަތަމަ ދުވަސްކޮޅު ރޯގާޖެހި ހަށިގަނޑަށް އުދަގޫތަކެއްވީނަމަވެސް ހުއްޓާލުމުން މީހާގެ ހަށިގަނޑު ރަނގަޅުވެ ބަރުދަން ވެސް އިތުރުވާނެކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު) ސީދާ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކޮށްފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް ދައުލަތުގެ ކުންފުނި އާސަންދައިން ބޮޑެތި ހޭދަތަކެއް ކުރާއިރު، މިބަލިތައް ތަހައްމަލުކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ޤައުމުގެ އުފެއްދުންތެރިކަމާއި ތަރައްޤީއާއި އިޤްތިސާދަށް ކުރުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: