ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޓްސްއެޕް ޓެލެގްރާމާއި އީމެއިލް މެދުވެރިކޮށްވެސް ސްޓެލްކޯއަށް ޝަކުވާ ހުށައެޅޭނެ!

ސްޓެލްކޯގެ މުވައްޒަފުން ތިމާވެށި ދުވަހު ގަސް އިންދުމުގެ ޕްރޮގުރާމްގައި ބައިވެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ކަރަންޓު ބިލާ ގުޅޭ ޝަކުވާތަައް ހުށައެޅުމަށް ސޯޝަލްމީޑިއާ މެދުވެރިކޮށް ފުރުސަތު ހުޅުވާލައިފިއެވެ.

ގިނަ އަދަދެއްގެ ކަރަންޓު ބިލުތަކުގެ މައްސަލަތައް ހުރިކަމަށް ބުނެ ސޯޝަލްމީޑިއާގައި ޕޯސްޓުތައް ހިއްސާކުރަމުންދާއިރު ސްޓެލްކޯއިންވަނީ އެފަދަ މައްސަލަތައް ހުށައެޅުމަށް ރަސްމީ މަގެއް ފަހިކޮށްފައެވެ. އެ ކުންފުނިން ބުނެފައިވާގޮތުން ބިލުތަކާއި ގުޅިގެން ޝަކުވާ ހުށައަޅަން ބޭނުންވާ ކަސްޓަމަރުންނަށް ކަސްޓަމަރ ސާވިސް އެންޑް ބިލިންގް ނަމްބަރު 7788438 މެދުވެރިކޮށް ހުށާއެޅުއްވޭނެކަމަށެވެ. އަދި އެ ނަމްބަރަށް ވަޓްސްއެޕްއިންނާއި ޓެލެގްރާމްއިންވެސް މައްސަލަ ހިއްސާކުރެވޭނެކަމަށް ބުނެފައިވެއެވެ.

އީމެއިލް މެދުވެރިކޮށްވެސް މައްސަލަތައް ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަން ސްޓެލްކޯއިން އެކްސްގައި ހާމަކޮށްފައިވެއެވެ. އެގޮތުން billing@stelco.com.mv އަށް އީމެއިލް ކުރައްވައިގެންވެސް ޝަކުވާ ހުށައެޅުއްވުމަށްވަނީ ހުޅުވާލެވިފައިކަމަށް މައުލޫމާތު ދީފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުން ހުށައަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދާރީވުމަށްވެސް އެ ކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: