ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިއީ އެ ކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ތައްޔާރީ ހާލަތެއްގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ކަމަށެވެ.

މި އެކްސަސައިޒު ކުރިޔަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު ކ. ތިލަފުށީގައެވެ. އެކްސަސައިޒް ކުރިއަށް ދާނީ 13:00 އިން ހަވީރު 18:00 އަށެވެ. އެމްޓީސީސީއިން ބުނީ މި އެކްސަސައިިޒްގައި އެވަގުތު ބޯޓު ޔާޑުގައި ތިބި ހުރިހާ މުވައްޒަފުން އެތަނުން ނެރެ ރައްކާތެރި ސަރަހައްދަކަށް ގެންގޮސް މުޅި ބޯޓު ޔާޑު ހުސްކުރެވޭނެ ކަމަށެވެ.

އެމްޓީސީސީ ބޯޓް ޔާޑާއި ތިލަފުށި އިންޑަސްޓްރިއަލް އޭރިއާ ސަރަހައްދުގައި އެކި ބޭނުންތަކުގައި ޒިޔާރާތް ކުރާ އެންމެހާ މީހުން މި ޑްރިލްގެ ސަބަބުން ކޮށްފާނެ ދުމުގެ އަސަރަށް ސަމާލުވުމަށް އެމްޓީސީސީން ވަނީ ނަސޭހަތްތެރިވެފައެވެ.

އިމަޖެންސީ ޑްރިން ހިނގަމުންދާ ގަޑީގައި ދުމުގެ އަސަރު ގަދައަށް ކުރާނަމަ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާ ބަންދުކުރުމަށް އެމްޓީސީސީން އިލްތިމާސް ކުރެއެވެ. އަދި ލޮލާއި ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމަށްވެސް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ރާވައިގެން ކުރިއަށް ގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ސަބަބުން އާންމުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: