ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޔޫއެމްއިން އިމްތިހާން ހަދާ ފަރާތްތަކަށް އިތުރު އިމްތިހާނަކާ ނުލާ ހާފިޒަކަށް ވެވޭނެ ގޮތް ހަދައިފި

އިސްލާމިކް އެފެއާޒް.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިމްތިހާނު ހަދާ ފަރާތްތަކަށް އިތުރު އިމްތިހާނަކާ ނުލާ ހާފިޒަކަށް ވެވޭނެ ގޮތަށް ހާފިޒުންގެ އިމްތިހާނުގެ ކުރުމުގެ އުސޫލަށް އިސްލާހު ގެނެސްފިއެވެ.

ސަރުކާރުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހާފިޒުން އިމްތިހާނު ކުރުމާއި ހާފިޒުންގެ ސަނަދު ދިނުމާއި ހާފިޒުންނަށް ދައުލަތުން އިނާޔަތްތައް ދިނުމާއި ހާފިޒުންގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ މެންޑޭޓުގައި ހިމެނިފައިވާތީ އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށްޓަކައި އެކުލަވާލައިފައިވާ އުސޫލެއް ކަމަށެވެ.

އުސޫލުގައި ބުނެފައިވަނީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިދުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ހާފިޒުކަމުގެ އިންތިހާބު ކޮށްދިނުމަށް އެދި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ނުވަތަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުން އެ ދަރިވަރަކު އިމްތިހާނު ކޮށްދޭނެ ކަމަށެވެ.

އަދި އުސޫލަށް ގެނައި އިސްލާހުގައިވާ ގޮތުން އިސްލާމިކް ޔުނިވާސިޓީން ގުރުއާން ދަސްކޮށް އެތަނުން އިމްތިހާން ހަދާ ފަރާތްތަކަށް އިތުރު އިމްތިހާނަކާ ނުލާ ހާފިޒުން ކަމުގައި ބަލައިގަންނާނެއެވެ.

މީގެ އިތުރުން ރަށް ރަށުގައި ތިބެ ދަސްކޮގެން ރަށުގައި ތިބެ މުރާޖައާކޮށް އިމްތިހާން ހަދަން އެކަނި މާލެ އަންނަ ގޮތަށް ވެސް އުސޫލަށް އިސްލާހު ގެނެސްފައިވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ގެނެދުވުނު ބަދަލުން ވަރަށް ބޮޑު ލުއިތަކާއި ފަސޭހަތަކެއް އަންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: