ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު މަސް ބޭރުކުރި މިންވަރު 45 އިންސައްތަ ދަށަށް

މި އަހަރު މަސް ބޭރުކުރި މިންވަރު 45 އިންސައްތް ދަށަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި އަހަރާއި އަޅާބަލާއިރު މި އަހަރު މަސް ބޭރުކުރި މިންވަރު 45 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލު މަހުގެ މި މުއްދަތާ އަޅާބަލާއިރު 45.7 އިންސައްތަ ވަނީ ދައްވެފައެވެ.

މިއަހަރުގެ އޭޕްރީލް މަހު 19،060 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރު މި މުއްދަތުގައި 35،081 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓް ކޮށްފައެވެ. އެއީ 16،021 މެޓްރިކް ޓަނުގެ މަދުވުމެކެވެ.

މިއަހަރުގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި: 

ޖަނަވަރީ 4،475 މެޓްރިކް ޓަނުގެ މަސް

ފެބްރުއަރީ 6،051 މެޓްރިކް ޓަނުގެ މަސް

މާޗު 3،787 މެޓްރިކް ޓަނުގެ މަސް

އެޕްރީލް 4،746 މެޓްރިކް ޓަނުގެ މަސް

އަދި 12،240 މެޓްރިކްގެ ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓްކޮށްފައިވާއިރު، 3،740 މެޓްރިކް ޓަނުގެ ރީނދޫ ކަންނެލި އެކްސްޕޯޓްކޮށްފައި ވެއެވެ. އަދި މަސްދަޅު އާއި ޕޯޗްޑްގެ ގޮތުގައި 2،557 މެޓްރިކް ޓަނުގެ މަސްވަނީ ރާއްޖެއިން އެކްސްޕޯޓް ކޮށްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެމަނިކުފާނު ވަނީ މަސް ކިލޯއެއް 25 ރުފިޔާއަށް ގަތުމަށް ނިންމެވިއެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މަސްވެރިންގެ އަތުން މަސް ކިލޯއެއް ގަންނަ އަގު ވަނީ 20 ރުފިޔާ އަށް ކުޑަކޮށްފަ އެވެ. އަދި ރިޔާސީ އިންތިޚާބުގައިވެސް ރައީސްވަނީ މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޔަށް ދޭނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 80%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: