ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗު ދުއްވި މީހާގެ ބަންދަށް 15 ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ފަޅެއް ކައިރިއަށް ފާނަ މަސްވެރިކަން ކުރަން ފީނަން ފައިބަގެން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހުނު ހާދިސާގައި ހައްޔަރު ކުރި ލޯންޗް ދުއްވަން އިން ކައްޕިގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފ. ފީއަލީ އަށް ނިސްބަތްވާ ދޯންޏަކުން ފާނައިގެ މަސްވެރިިކަމަށް ފައިބައިގެން އުޅެނިކޮށް އދ. މާމިގިލިން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ފީނަން ފައިބާފައިވާ މީހާގެ ގައިގައި ޖެހިފައިވަނީ އިއްޔެ ހެނދުނުއެވެ. ފީނަން ފައިބައިފައިވަނީ ބިދޭސީ މީހެއް ކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށް ޓަކައި ގެންދިޔައީ އދ. ދަނގެއްޗަށެވެ.

އޭނާއަށް ފަރުވާ ދިނުމަށް ގެންދިޔަ އިރުވެސް އޭނާ ނިޔާވެފައިވާ ކަމަށާއި އަދި ގާތް ގަނޑަކަށް އެމީހާގެ ހަށިގަނޑު އޮތީ ދެބުރިވެފައިކަމަށް މައުލޫމާތު ލިބެއެވެ.

ބިދޭސީ މީހާ ގައިގައި ލޯންޗުން ޖެހުނު ހާދިސާގައި ލޯންޗު ދުއްވަން އިން ކައްޕި ހައްޔަރު ކުރީ އިއްޔެއެވެ.

ފުލުހުން މިކަމުގައި މައުލޫމާތު ދިނުމަށްފަހު ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ޚަމަށް ޥަނީ ޞުނެފަޢެވެ.

މި މައްސަލައިގައި ފުލުހުން އަދިވެސް ދަނީ އިތުރު ތަހުގީގުތައް ކުރަމުން ކަމަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: