ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން ނާކާމިޔާބުވި ސަބަބު ދިރާސާކުރުމަށް އެމްޑީޕީގެ ބައްދަލުވެއް!

އެމް.ޑީ.ޕީންއަށް ލިބުނު ނާކާމިޔާބު ދިރާސާކުރުމަށް އިންތިޙާބުތަކުގައި ބައިވެރިވި މެންބަރުންނާއި ބައްދަލުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މަައި ޕާޓީ އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި އެކު މިދިޔަ ރައްޔިތުން މަޖިލިހުގެ އިންތިޙާބުގައި ނާކާމިޔާބުވެ އެންމެ 12 ގޮނޑި ލިބުނު ސަބަބު ދެނެގަތުމަށް އިންތިޙާބުތަކުގައި ބައިވެރިވި މެންބަރުންނާއި ބައްދަލުކޮށްފިއެވެ.

އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގައި، ޕާޓީގެ ނުފޫޒު ގަދަ މަޖިލީހުގައި ދުވަސްވީ މެމްބަރުންނަށް ވެސް ގޮނޑި ގެއްލުނެވެ. މިއީ ޕާޓީން ޖެހި ހިސާބުތަކަށް ނުވުމާއި، ލިބޭނެކަމަށް ބެލެވުނު ދާއިރާގެ ނަތީޖާތައް އެހެން ގޮތަކަށް ނިކުތުމުން ޕާޓީން ވަނީ އޭގެ ސަބަބު ދެނެގަތުމަށް ދިރާސާއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.

އެ މަސައްކަތުގެ މައުލޫމާތު ހާމަކޮށް އެމްޑީޕީން ބުނީ ދިރާސާ ކޮމެޓީގެ ފަރާތުން، ނިމިދިޔަ ދައުރުގެ މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި އަދި މިޕާޓީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ މެންބަރުންނާއި ބައްދަލު ކުރި ކަމަށެވެ.

https://x.com/MDPSecretariat/status/1797157254292271278

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަހަރުތަކެއްވަންދެން އެމްޑީޕީން ދިފާޢުކުރަމުން އައި ގިނަ ދާއިރާތަކުގެ ގޮނޑި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އަދި 19 ވަނަ މަޖިލިހުގައި އެ،މް.ޑީ.ޕީ އިން ސުޕަމެޖޯރިޓީ ލިބުނުކަމުގައި ވީ ނަމަވެސް 20 ވަނަ މަޖިލިހުގެ ދައުރުގައި ލިބުނީ އެންމެ 12 ގޮނޑި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 58%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންތިހާބުން ބަލިވިކަން ބަލަން ނުވަތަ ދިރާސާ ކުރަން ބައްދަލުވުން ބާއްވަން ޖެހޭނީ މީކާއީލު ނަސީމުއާ އަދުން ހުސޭން ޝާހިދު ފައްޔާޒު އަދި ހިންނަވަރު ކިބޫ ޕާޓީން ވަކިކުރުމައްފަހު އަދި ހުންނާނެ ކުޑަވެޔޮމަތީގޭ މީހެއް އޭންވެސް ވަކިކުރުމަށްފަހު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: