ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއިލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއިލު ޕާސްޕޯސްޓް ރާއްްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްގެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެކަން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އައްޔަން ކުރައްވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
ހާރިޖީ ވަޒީރު މޫސާ ޒަމީރް
އެޓާނީ ޖެނެރަލް އަހްމަދު އުޝާމް
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިހުސާން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަަނާ ކުރުމަށްޓަަކައި ސަރުކާރުން ކުރަން ޖެހޭ ކަންތައް މިހާރުން ފެށިގެން ކުރަމުން ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

”އެހެންވީމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މާ ގިނަ ދުވަސްތަކެއް ނަގާނެ ކަމަކަށް، ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުންގެ ސުޕަރ މެޖޯރިޓީއެއް އޮތް މަޖިލީހެއް، އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް އަވަަހަށް މިކަން ވާނެ ކަމަށް“

މީގެ އިތުރުން ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެެނެގަތުމަށް، އެމްއޯޔޫއެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިހާތަނަށް ނެތް ފަލަސްތީނާއި ވާހަކަދައްކާފައި، ރާއްޖޭގެ ފަރާތުން ކޮން ކަމެއްތޯ ފަލަސްތީނަށް ބޭނުން ވަނީ، މިކަންކަން ދެނެގަތުމަށްޓަކައި ރައީސްޖުމްހޫރިއްޔާ ހާއްސަ އެމްއޯޔޫއެއް ކަނޑައެޅުމަށް މިއަދު ވަނީ ނިންމާފައި“

ޔޫއެން ރިލީފް އެންޑް ވޯކްސް މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒިންގ ހަރަކާތްތަކެއް ހިންގަންވެސް ވަޒީރުންގެ މަޖިލީހުން ނިންމާފަައިވާ ކަމަަށް އިހުސާން ވިދާޅުވިއެވެ. ”ފަލަސްތީނާއެކު ދިވެހިން“މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި، ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަަށް އަވަަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަނިޔާތަކާ ގުޅިގެން އިސްރާއީލްގެ ރައްޔިތުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ރާއްޖޭގައި މުޒާހަރާވެސް ކޮށްފައި ވެއެވެ. އިސްރާއީލާއި ޣައްޒާއަށް ހަމަލާތައް ދެމުންގެންދާތާ އެތައް އަހަރެއްވެއްޖެއެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ވަރުގަދަ ހަމަލާތަކެއް ޣައްޒާ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާއިރު، ޣައްޒާގައި ގަތުލު އާންމުތަކެއް ދަނީ ހިންގަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: