ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ނެޝަނަލް އިލެކްޝަންސް އެގްޒިޓް ޕޯލްއިން ދައްކަނީ މޯދީއަށް ބޮޑު ކާމިޔާބީއެއް!

ވޯޓު އެޅުމުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒިރު ނަރޭންދްރަ މޯދީއަށް ދިންވަނަ ދައުރެއް ކާމިޔާބުވެފައިވާކަމަށް އެ ގައުމުގެ ނެޝިނަލް އިލެކްޝަންސްގެ އެގްޒިޓް ޕޯލްތަކުން ދައްކާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން އިންޑިއާގެ އެންމެ މަޝްހޫރު އެއް ސިޔާސީ ލީޑަރުކަމަށްވާ މޯދީއަށް ތިން ވަނަ ދައުރެއް ކާމިޔާބުވެފައިވާކަމަށް އެ ގައުމުގެ ނެޝިނަލް އިލެކްޝަންސްގެ އެގްޒިޓް ޕޯލްތަކުން ދައްކާކަމަށެވެ. އަދި މި އިންތިހާބުގެ ވޯޓުލުން 6 ހަފްތާއަށް ކުރިއަށް ގޮސްފައިވާއިރު، ބޮޑުވަޒީރު މޯދީއަށް ލިބިފައިވަނީ ބޮޑު ތަފާތެއްގެ ކާމިޔާބީއެއްކަމަށް ބެލޭވޭކަމަށްވެސް ފާހަގަކުރެއެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިއުލާނުކުރާއިރު، މަސްރަހު ދިރާސާކުރާ ފަރާތްތަކުންވަނީ މީގެ ކުރިންވެސް މޯދީއަށް ކުރި ލިބިވަޑައިގަންނަވާނެކަން އަންދާޒާކޮށްފައެވެ. އަދި އެއީ އެ ގައުމުގައި ދީނީގޮތުން ބީޖޭޕީއަށް އޮތް ތާއީދުގެ ބޮޑުކަމުންކަމަށްވެސް ފާޙަގަކޮށްފައިވެއެވެ.

މޯދީ އިންތިހާބު ނަގާނެކަމަށް އެގްޒިޓް ޕޯލްތަކުން ދައްކާއިރު، މޯދީވެސް ވަނީ މި ފަހުން ދެއްވި އިންޓަރވިއުތަކުގައި އެކަމުގެ ޔަގީންކަން އޮތްކަމަށް ހިއްސާކޮށްފައެވެ. އަދި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ގަދަ އަވީގައި ނުކުމެ މަސައްކަތްކުރަމުންދަނީ ތިންވަނަ ދައުރަކަށް ބީޖޭޕީގެ ސަރުކާރު ދެމެހެއްޓުމަށްކަމަށް ގަބޫލުކުރައްވާކަމަށްވެސް އޭނާ ހިއްސާކުރެއްވިއެވެ.

މޯދީ ވިދާޅުވީ، އެ ޕާޓީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އައިސްފައިވާ ބަދަލުތަކާއި ފަގީރުންގެ ދިއރިއުޅުމަށް އައިސްފައިވާ ބަދަލުތައް ރައްޔިތުންނަށް ފެންނަކަމަށާއި އެކަންކަން ބަލައިގަނެފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: