ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްޤީގެ ރަހަ ދިގު މުއްދަތަށް ހަޤީޤަތުގައިވެސް ލިބިގެން ދޭތޯ؟

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: އާރުޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތަކަކީ އުޅަނދުތައް ދުއްވުމުގައްޔާއި ހިނގާބިނގާވެ އުޅުމަށް ބޮޑު ތަކުލީފުތައް އުފުލަން ޖެހޭކަން އެންމެން ގަބޫލުކުރެއެވެ. ބައެއް ވަގުތު ތަކުގައި އިންތިހާއަށް ޓްރެފިކްގެ ބާރު ބޮޑުވެއެވެ. ފެން ބޮޑުވެއްޖެނަމަ ނަޖިސްތަކާ އެކުވެގެން އުފެދިފައި އޮންނަނީ އިންސާނުން ހިނގާ ބިނގާވެ އުޅެންވެސް ހެޔޮ ނުވާވަރުގެ މާހައުލެކެވެ. ވިއްސާރަ ހުއްޓުމުންވެސް އަދި ނިމުނީކީ ނޫނެވެ. ބައެއް މަގުތަކުގައި ދުއްވާފައި ދާއިރު، އަޑިގުޑަން ހުރުމުގެ ސަބަބުން ދުއްވާ އުނގަދުތައް ދަނީ ރޫޅޭހެން ނެވެ. މިކަމުގައި ކުރިން އެންމެ ފާހަގަ ކޮށްލެވޭ އެއް މަގެއްގެ ގޮތުގައި އަމީނީ މަގުގެ ނަން ކިޔުން ދޮގަކަށް ނުވާނެއެވެ. އަދި މިހާރުވެސް ދެކެވެމުން އަންނަނީ އެ މަގުގައި އެދެވޭ ވަރަށް ރަނގަޅު ހައްލެއް ނުލިބޭ ވާހަކަ ތަކެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ.މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. 13 ސެގްމަންޓަކަށް ބަލާލައިގެން ކުރިއަށް ގެންދިޔަ އިރު ފާހަގަކޮށްލެވުނު އެއް ކަމަކީ މަގުގެ އެންމެ ފަހު ސެގްމަންޓް ނޫން ހުރިހާ ސެގްމަންޓެއް އެދިޔަ ބާރުމިނުގައި ނިންމާލުމެވެ.

ނިމިދިޔަ ސަރުކާރުން ބައި ފޫޓެއްހާ ތަނުގައި ތާރު އަޅައި، އެވަރުގެ ކަމެއް ނެތިގެން އެކްޓިވިސްޓުންތައް ފޯރި އެރުވީ އަމީނީ މަގުއަށް ހައްލެއް ލިބިގެން އަންނަނީ އޭ ކިޔަމުންނެވެ. ނަމަވެސް މިއަދު ހަމަ ކުރިން އޮތް ފަދަ ގޮތަކަށް ތަކުލީފުތައް ނެތް ކަމުގައި ވީ ނަމަވެސް އަދި އެންމެ އެކަށޭނެ ގޮތަކަށް ހައްލެއް ނުލިބެއެވެ. ތާރު ގަނޑުގެ އެކި ހިސާބު ތަކުގައި އެކި ވަރުގެ އުސްގަނޑުތައް އުފެދި ދުއްވައި އުޅޭ އުނޅަދު ތަކަށް އޮމާންކަން މަތީ ދުއްވާލުމަށް މިހާރު ދަތި ކަމަކަށް ވާން ފަށައިފިއެވެ. މަގު ހަދަމުން ދިޔައިރު ފުރަތަމަ ސެގްމަންޓް ނިންމަންވެސް އާދަޔާ ހިލާފަށް ދިގު މުއްދަތެއް ނެގިއެވެ. ވަކި ހިސާބަކުން އާންމުންގެ ފާޑު ކިޔުން ބޮޑުވެ، ކޮންމެ ގޮތެއްވެސް ވަރިހަމަވީ ކަމުގައި ވެގެން ދިޔަ ކަހަލައެވެ. އިސާހިތަކު ފިނިހަކަ ދުވެލިން ކޮންމެވެސް ވަރެއްގެ ބާރުމިނެއް ހުރި ދުވެއްޔަކަށް ބަދަލުވެ، ކުރިއަށް ގެންދަން ފެށިއެވެ. ކުރެވޭ ކަމެއްގެ ފެންވަރެއް ބެލުމެއް ނެތި ވޯޓުގެ ކުރިން އަމީނީ މަގު ތަރައްގީކޮށް ނިންމުމުގެ މަޤުސަދުގައި ކުރިއަށް ގެންދަން ފެށިއެވެ.

ވާރޭވެހި ނިމޭތާ 15 މިނެޓް ތެރޭ މުޅި މަގުން ފެން ހިކި، ވާރޭ ނުވެސް ވެހޭ ހެން ހީވާހާ މޮޅު މަގެއް ތަރައްގީ ކުރަން ފެށިއެވެ. އިސާހިތަކު އެދުވަސްވަރުގެ ވިއްސާރަ މޫސުމާ ލައްވާލިއިރު މަގުގައި ފެން ހަރުލާމިންވަރު އެނގުމުން މާލެ އޮތީ އަމީނީ މަގާ ދިމާލަށް އަރިވެފައި ކަމުގައި ބުނެވިދާނެއެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެމަގުގެ ފުރަތަމަ ތިން ސެގްމެންޓު އާންމުންނަށް ހުޅުވާލާފައިވަނިކޮށް ވާރޭ ވެހި އެ މަގުގައި ފެންބޮޑުވާން ފެށުމުން އާންމުންގެ ޝަކުވާތަކުން މުޅި ސޯޝަލް މީޑިއާގައި ދިޔައީ ދައުރު ވަމުން ނެވެ. އެ އިން ސެގްމެންޓް ނިމި އާންމުންއަށް ހުޅުވާލާފައިވަނިކޮށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެމަގުގައި ފެންބޮޑު ވެގެން ދިޔައެވެ. ނަމަވެސް އޭރު ބުނަމުން އައީ ފެން ބޮޑުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ މަގުގެ މަސައްކަތް ނުނިމި އޮތުމެވެ.

މަސައްކަތް ނިމި އަހަރުދުވަސް ހަމަނުވަނީސް ވިއްސާރައިގެ މޫސުން އަތުވެއްޖެނަމަ، އިސްކަންދަރު ކޮއްޓާ ދިމާލުން އަމީނީމަގުގައި ކުރިޔެކޭ އެއްގޮތަށް ރާޅު އުފެދި، ދުއްވަން ދަތިކަމަކަށް މިއަދުވެސް މިވަނީ ވެފައެވެ. ރޯޑު ވާދިނަސް ކިޔާ އެއްޗެއް ހައްދަން ޖެހޭ ކަމީ އެންމެން ވެސް ދަންނަ ކަމެކެވެ. ރޯޑު ވާދިނަސް ހައްލެއް ނުލިބުމުގެ ސަބަބުން ހަމަ ހަގީގަތުގައިވެސް މިއީ ރައްޔިތުންނަށް ހައްގު މިންވަރުތޯ ސުވާލު އުފެދެއެވެ. ނޫނީ ވޯޓުކޮޅެއްގެ ދަހިވެތިކަމުގައި ކުރެވެން އޮތް އެންމެ ބޮޑުވަރެއް ކޮއްދީފައި އަމީނީ މަގު ހުޅުވިގެން ދިޔައީތޯ ސުވާލު އުފެދެއެވެ. މާލޭގެ އެހެން މަގު ތަކަށް ބަލާލިޔަސް އުފެދޭ އެންމެ ބޮޑު ސުވާލަކީ ވެހިކަލްތައް ދުއްވުމަށް އެކަށީގެން ވާ ވަރުގެ މަގުތަކެއް މާލޭގަ އެބައޮތްތޯ އެވެ. ފުރަތަމަ ކަމަކަށް ގަނެގެން މި ގެންގުޅޭ ވެހިކަލްތައް އެކަށީގެން ނުވާ މަގެއްގައި ދުއްވަން އެ އުޅަދެއްގެ ވެރިފަރާތުން ފީ ދެއްކުމަކީ ދުނިޔޭގެ އެހެން ތަރައްގީ ވެފައި އޮތް ގައުމެއްގައި ކުރާ ކަމެއް ތޯ ސުވާލު އުފެދެއެވެ.

މި ކަންކަމާއި ރައްޔިތުން އެންމެ ބޮޑު ޝަކުވާއެއް އުފައްދަމުން ދިޔައީ އަމީނީ މަގާއި ބޭހޭ ގޮތުންނެވެ. ސަބަބަކީ އެމަގަކީ ގިނަ ސްކޫލް ތަކެއް ހުރި، ގިނަ އޮފީސް ތަކެއް ކުރިއަށް ގެންދާ ބިލްޑިންތަކެއް ހުރި މަގަކަށް ވުމެވެ. ހަމަ ގައިމުވެސް ދުވާލަކު އެއްފަހަރު މި މަގަށް ނާރާ އުޅެވޭހާ ވަރަށް ވުރެ އެމަގުގައި ހުރި އެކި އިމާރާތް ތަކުގައި ދޭ ހިދުމަތް ތައް ގިނައެވެ. ތަރައްޤީއަށް ފެންބޮވައި ގަނެފައި ތިބި ނަމަވެސް ރައްޔިތުން އެދެނީ މަގެއް ހެދިޔަސް އަދި އިމާރާތެއް ހެދިޔަސް ދިގު މުއްދަތަކަށް އެތަނަކުން ރާހަތު ކުރާނޭ ގޮތަކަށް އެތަނެއް ނިންމައި ދިނުމަށެވެ. ރައްޔިތުން އެދެނީ ރައްޔިތުންގެ މާލިއްޔަތުން މިފަދަ އިސްރާފުތައް ނުކޮށް ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގައި ދިނުމަށެވެ. ވޭތުވެ ދިޔަ ސަރުކާރުގައި އަމީނީ މަގު އެ ނިންމައިދިން ރާގަށް އިތުރުމަގެއް ނިންމަން ބޭނުމެއް ނުވެއެވެ. މާލެ ވަށާ ބޮޑުފުޅާ މަގެއް ކުޑަ ދުވަސްކޮޅެއްތެރޭ ތާރު އަޅާ، ތަރައްގީ ކުރި ދުވަސް އަދި ދިވެހިން ހަނދާން އެބަހުއްޓެވެ، އެ މަގުން އެތަކެއް ފަސޭހަ ތަކެއް އަދިވެސް ލިބެއެވެ. ރައްޔިތުން މި އެދެނީ މިފަދަ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: