ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ؛ ޖިނާއީ އަދަލުގެ ނިޒާމަށް އަންނަ ބަދަލުތައް ފެންނާނެ!

ޕީޖީ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ "ނިޔާވެހި" އިފްތިތާޙްކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ފަރާތްތަކަށް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވިކްޓިމް ސަޕޯޓް ނިއުސްލެޓަރ ”ނިޔާވެހި“ އިފްތިތާޙްކޮށްފިއެވެ. 

މިއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރެން ފެށި ދެވަނަ ނިއުސްލެޓައެވެ.

”ނިޔާވެހި“ ނިއުސްލެޓަރއަކީ އިޖުތިމާއީ ޚިދުމަތުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނަށް އަމާޒުކޮށް ނެރެންފެށި ނިއުސްލެޓަރއެކެވެ.

ވިކްޓިމް ސަޕޯޓަށް ހާއްސަކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިއުސްލެޓައެއް ނެރެންފެށި މަގްސަދެއްކަމަށް ބުނެފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް އަންނަ ބަދަލުތައް ދާއިރާގެ ފަންނީ ބޭފުޅުންނަށް ދުވަހުން ދުވަހަށް ފެންނާނެގޮތް ހެދުމެވެ. އެގޮތުން ވިކްޓިމް ހިމެނޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތަކާއި، ކޯޓުތަކުން ނިންމަވާ ނިންމެވުންތަކުން ކަނޑައެޅޭ އުސޫލުތަކާއި، އެފަދަ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތައް މި ނިއުސްލެޓަގައި ޝާއިއު ކުރެވޭނެކަމަަށް އެ އޮފީހުން ބުންޏެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނެފައި ވަނީ ނިޔާވެހި ނެރުމަށް ހަމަޖެހިފައި ވަނީ ކޮންމެ މަހަކު އެއްފަހަރު ކަމަށެވެ.

ވިކްޓިމް ސަޕޯޓް ދާއިރާއަކީ، އިޖްތިމާއީ ހިދުމަތްތެރިންގެ ދާއިރާއާއި، ޖިނާއީ ޢަދުލުގެ ނިޒާމާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ގާނޫނީ ނިޒާމާ ގުޅޭ ހިސާބެއްގައި މަސައްކަތް ކުރާ ފަންނީ ބޭފުޅުން ހިމެނޭ ދާއިރާއެކެވެ.

ޕީޖީ އޮފީހުން ބުނީ އަމާޒަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތް ކުރާ ފަންނީ ބޭފުޅުންނަކީ  ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ހިދުމަތެއްދޭ ބަޔަކަށް ހެދުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ދާއިރާއަށް އަންނަ ބަދަލުތަކަށް ފަންނީ ބޭފުޅުން އަހުލުވެރިވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަން ފާހަގަކުރި އެވެ. މިސާލެއްގެ ގޮތުން އެ އޮފީހުން ބުނީ ކުޑަކުދިންގެ އަދުލުގެ ނިޒާމާގުޅޭ މުހިންމު ގަވާއިދެއް އަލަށް އެކުލަވާލައިފި ނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ ނިންމެވުމަކުން މިހާރު ޢަމަލުކުރަމުންދާ އުސޫލަކަށް ބަދަލު ގެންނަވައިފި ނަމަ، އެކަމެއްގެ މައުލޫމާތު، ދާއިރާގައި މަސައްކަތްކުރާ އެންމެންނަށް އެއް ގޮތަކަށް ލިބިފައި އޮތުން މުހިންމުވެގެން ދާނެ ކަމަށެވެ. އެއީ ވިކްޓިމަށް އިންސާފު ހޯދައިދިނުމަށް، އެންމެން އެއް އަމާޒަކަށް މަސައްކަތްކުރަން ޖެހޭނެތީކަމަށް ޕީޖީ އޮފީހުން ފާހަގަކުރި އެވެ.

މި ދާއިރާގެ ކަންކަމާބެހޭ މަޢުލޫމާތު ހިމެނޭ ރަސްމީ ނިއުސްލެޓައެއް ނުވަތަ އެ ނޫން ވެސް ޕަބްލިކޭޝަނެއް މިވަގުތު ނެތެވެ. އެހެންކަމުން މިއީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ އިސް ނެންގެވުމަށް ކުރާ މަސައްކަތެއްކަމަށް އެ އޮފީހުން މައުލޫމާތު ދިނެވެ. 

ޕީޖީ އޮފީހުން ބުނީ ކުރިޔަށް އޮތް ތަނުގައި ނިޔާވަހި، ސަބްސްކްރިޕްޝަން ބޭސްޑް ނިއުސްލެޓައަކަށް ބަދަލު ކުރެވިގެން ދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: