ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ މަރުހަބާ މޯދީއަށް؛ އެކުގައި މަސައްކަތް ކުރެވޭނެކަމަށް އުންމީދު ކުރަން

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އާންމު އިންތިހާބު ބޭޖޭޕީ އާއި، ޑިމޮކްރެޓް ޕާޓީ އިސްވެ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހޯދި ކާމިޔާބީއަށް ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ތިން ވަނަ ދައުރެއް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ، މޯދީއަށް މަޖިލިސް އިންތިހާބުގައި ލިބޭނެކަމަށް ބެލެވުނު ވަރަށް ވުރެ ލިބިފައި ވަނީ ދަށް ނަތީޖާއެކެވެ. އޭގެ ތެރޭގައި ލަކްޝޮބާ ހިމެނޭއިރު، ލިބުނު މެޖޯރިޓީއާއި އެކު މޯދީއަށް ވަނީ އިތުރު ދައުރެއް ކަށަވަރުކުރެވިފަ އެވެ.

މޯދީ ވަނީ ރޭ އެ ޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކޮށް، އިންތިހާބު ކާމިޔާބުވެފައިވާކަމަށާއި ވަރަށް އަވަހަށް ސަރުކާރު އެކުލަވާލުމާއި ގުޅޭ މަސައްކަތް ފަށާނެކަން އިއުލާނުކޮށްފަ އެވެ.

1962 ގެ ފަހުން އިންޑިއާއަށް މިއީ ސަރުކާރަށް ތިންވަރަށް ދައުރެއް ލިބޭ ފުރަތަމަ ފަހަރުކަމަށްވުމާ އެކު އެކަމަށް މަރުހަބާ ކިޔުއްވައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަވެ އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދުމަށް އެކުގައި ފުރިހަމަ  މަސައްކަތެއް ކުރެވޭނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ކޮންމެވެސް ވަރަކަށް ހީނަރުވެފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމާއި، އަދި އެ ގައުމާއި ގުޅޭގޮތުން ސިޔާސީ ބައެއް ފަރާތްތަކުން ކުރި ޕޯސްޓުތަކެއް ވައިރަލްވެ ނުތަނަވަސްކަން އުފެދިގެން ދިޔަ އެވެ. އެކަމަކު ރައީސް މުއިއްޒާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ބުނެފައި ވަނީ އެކަމުގެ އެއްވެސް އަސަރެއް ދެގައުމުގެ ގުޅުމަށް ނުކުރާނެ ކަމަށެވެ.

އިންޑިއާގެ ސިފައިން ފޮނުވާލައި، އެ ގައުމުން މަދަނީ މީހުން ބަދަލުގައި އައިސްފައިވާއިރު ދެ ގައުމުގެ ސަރުކާރުން ވެސް ބުނެފައި ވަނީ އިގްތިސާދީ ގޮތުން ވަމުން އައި އެހީތެރިކަމާއި ލޯނުތަކާއި ގުޅުން ހުރި މަސައްކަތްތަކަށް އެއްވެސް ދައްޗެއް ދިމާނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: