ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ މަރުހަބާ މޯދީއަށް: އިންޑިއާ އަބަދުވެސް ސާބިތުކޮށް ދިނީ އެކުވެރިކަމުގެ ވަރުގަދަ ގުޅުމެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ވަނަ ދައުރެއް ކަށަވަރުކޮށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ކާމިޔާބު ކުރި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރުގައި ފައްޔާޒްގެ އިކޮނޮމިކް މިނިސްޓަރުކަމުގައި، އެ ގައުމުން ރާއްޖެއަށް އެކި އިންވެސްޓްމަންޓުތައް ގެނެސް އިގްތިސާދީ ގޮތުން ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތައް ކުރެއްވި އެވެ.

މޯދީ ހޯއްދެވި ކާމިޔާބީއަށް މަރުހަމާ ވިދާޅުވެ ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުޅުން ބަދަހި ކުރުމަށާއި، ރާއްޖެއާއި އެކުވީ ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމުގައި އެންމެ ރަނގަޅު މިސާލެއް ދެއްކި ގައުމަކަށް އިންޑިއާ ވާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މޯދީއަށް ލިބުނު ތިން ވަނަ ދައުރާއި އެކު، ރައްޖެއަށް އިތުރު ކުރިއެރުންތައް ލިބި ގުޅުން ބަދަހިވެގެން ދާނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީއަށް ކާމިޔާބު ލިބުނު ނަމަވެސް، މިދިޔަ ދައުރާއި ބަލައި އޭނާއަށް ލިބިފައި ވަނީ ދަށް ނަތީޖާއެކެވެ. އަދި ލަކްސަބާ ފަދަ ދާއިރާތަކުގެ މެޖޯރިޓީ ލިބޭ ވަރަށް ގޮނޑިތައް ކާމިޔާބު ކުރެވިފައި ނުވާއިރު މޯދީ ބޮޑެތި އިންވެސްޓްމަންޓުތައް ކުރި ދާއިރާތަކުން ވެސް މެޖޯރިޓީ ލިބިފައި ވަނީ ހަނި ގޮތަކަށެވެ.

ކާމިޔާބީއާއި އެކު އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން ރޭ މޯދީ ވަނީ އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ އިންތިހާބުގެ ނަތީޖާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ތިން ރައީސުންގެ ޕޯސްޓުގައި ވަނީ ދެ ގައުމުގެ ދެމެދު ޒަމާންވީ ގާތް ގުޅުމެއް އޮތް އިރު، އެ އެކުވެރިކަން ދެމި އޮންނާނެކަމުގެ އުންމީދު ކުރާކަމަށެވެ.

ރައީސް ސޯލިހުގެ ޕޯސްޓުގައި ވިދާޅުވީ ބީޖޭޕީއާއި، ޑިމޮކްރެޓިކް އެލައިއެންސް ހޯދާފައި ވަނީ ފާހަގަކުރެވޭ ފަދަ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރާ ދަތުރުގައި ހިފަހައްޓައި އެގޮތުގައި ކުރިޔަށް ދިއުމަށް އިހުތިޔާރުކޮށްފައިވާކަމަށް ވިދާޅުވި އެވެ.

އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން، ޑިމޮކްރަސީގައި އިންޑިއާއަށް ހޯދާ ކޮންމެ ކުރިއެރުމަކީ ލިބޭ އުފަލެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ޕޯސްޓުގައި ވިދާޅުވީ ތިން ވަނަ ދައުރުގެ ކާމިޔާބީއާއި އެކު، ރާއްޖެއަށް އިގްތިސާދީ ގޮތުން އިތުރު ކުރިއެރުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: