ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ މުހިންމު މަސައްކަތެއް: މިނިސްޓަރ

މަސައްކަތް ކުރެވިގެން މިދަނީ ރާއްޖޭގައި މަދުވެފައިވާ ގަސްތައް އިތުރުކުރުން: މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

” ފަސް މިލިއަން ގަސް ” އިންދުމުގެ މަޝްރޫއަކީ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރ ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ތިމާވެށި ދުވަހާއި ގުޅިގެން ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ގަސް އިންދުމުގެ ޕްރޮގުރާމްގައި، މަސައްކަތް ކުރައްވަމުން ގެންދަނީ ރާއްޖޭގައި މި ވަގުތު މަދުވެފައިވާ ނުވަތަ ނެތިގެންދާ ގަސްތައް ހޯދައި އާލާކުރުމަށް ކަމަށެވެ. އަދި ރާއްޖެއިން ނެތެމުންދާ ގަސްތަކުގެ ދިރާސާއެއް ތިމާވެއްޓާ ބެހޭ ވުޒާރާއިން ކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ނެތިގެންދާ ވަރަށް މުހިންމު ގަސްތަކެއް އެބަހުރި ކަމަށާއި އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރެވިގެންދާ މަސައްކަތަކީ ގަސްތައް ހޯދައި އަދި އޭގެ އިތުރަށް ގަސްތައް އިންދައި، ގަސްތައް މޮނިޓަރކޮށް 5 އަހަރު ތެރޭގައި ގަސްތަކަށްވާ ގޮތް ބަލައި އެކަންތައްތައް ކުރެވޭނެ ގޮތްތަކާއި އަދި އިންދާނެ ފަރާތްތައް ހޯދުން ހިމެނިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ރިސޯޓުތަކާއި، އަދި އޭގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުން މި މަޝްރޫއުގައި ބައިވެރިވެގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. ވަޒީރު ވިދާޅުވީ މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ގުދުރަތީ ވެށި ގެންގޮސްދިނުމަށް، ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާއެއްކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ސަރަޙައްދުތަކުގައި ގަސް އިންދާ ފެހިކުރުމަށް އިސްކަން ދޭނަން. ރަށްރަށުގައި ހިއްކާ، މީހުން އާބާދުވާ ބިންތައް ފެހިކުރުމަށް މި ޕްރޮގްރާމުން އެހީވާނަން. ހަނަފަސްކަން ނައްތާލާ، ހިތްފަސޭވަ ވެއްޓެއް ހޯދައިދޭނަން.

މިއަދުގެ ރަސްމިއްޔާތުގައި 22 ވައްތަރެއްގެ ގަސް އިންދިއިރު، މިހާރުވެސް މަދުވެފައިވާ 90 ވައްތަރުގެ ގަސް ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިވަގުތު ވަރަށް ގިނަ ރަށް ރަށުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީއެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއު ހިންގަމުން ދާއިރު އިތުރަށް ސާފުކުރެވޭ ތަންތަނުގައިވެސް އިތުރަށް އެތަނަށްކަށް ބޭނުންވާ މުހިންމު ގަސްތައް ހޯދައިގެން ގަސް އިންުދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި މުހިންމު ބޮޑު ގަސްތަކެއް މަދުވަމުން ދިއުމުގެ ސަބަބުން އެ ގަސްތައް އާލާ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ކާބަން ސިންގް އެއް ގޮތުގައި އެއްވެސް ތަނެއް ކަނޑައެޅިފައި ނެތް ކަމަށާއި އަދި ވިހާވެސް ގިނަ ގަހެއް އިންދައި އެ ގަސްތައް މޮނިޓަރ ކުރެވީ ކާބަންސިންގް އެއް ގޮތުގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ 3 ސަރަޙައްދެއްގެ ގަސް އާލާކުރުމަށް ނާސަރީތައް ހެދުމަށް ހަމަޖެހިފައިވާކަމަށާއި މިއީ ފަސޭހައިން ގަސްތައް ފޯރުކޮށްދީ، ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ކުރާނެ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ  ވިދާޅުވީ، ރައީސްގެ އުސޫލަކީ ޑިވެލޮޕްމެންޓްގައި ތިމާވެއްޓަށް އެއްވެސް ގޮތަކަށް އަސަރު ނުކުރާނެ ގޮތަށް ފެހި އަދި ނޫ އިޤްތިސާދެއް ބިނާ ކުރެއްވުން ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިއަށް އޮތް ދުވަސް ތަކުގައި ކުރެވިގެންދާނެ ކަމަށާއި އަދި މި 6 މަސް ދުވަހުގެ ތެރޭގައި ތިމާވެއްޓަށް ވަރަށް ޙާއްސަ އަޙުމިއްޔަތު ކަމެއް ދެއްވައިގެން މަސައްކަތް ތަކެއް ކޮށްދެއްވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ” ކޮޕް 28″ ގައި ރައީސް ވަޑައިގެން ތިމާވެށިގެ ދާއިރާއިން ވަރަށް މުހިންމު ވާހަކަތަކެއް ދެއްކެވި ކަމަށާއި އަދި ރާއްޖޭގައި  %33 ކަރަންޓަކީ އިއާދަކުރަނިވި ހަކަތައިން ލިބިދޭ ކަރަންޓަށް ހެއްދެވުމަށް ވަރަށް ބޮޑު ވައުދުފުޅެއްވި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެކަމަކީ ތިމާވެށި ރައްކާތެރިކޮށް އިޤްތިސާދު ރަނގަޅު ކުރެއްވުމަށް ކުރެވުނު ކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރަށް 5 މިލިއަން ގަހުގެ މަސައްކަތަކީވެސް ހަމަ ވަރަށް މުހިންމު ކަމެއް.. ހަމަ އެހެންމެ ނިމިގެންދިޔަ ސިޑްސް ކޮންފަރެސްގައި ރާއްޖޭގެ ތިމާވެށި އާއި އަދި ކުލައިމެޓް ޗޭޗްގެ ކަންތައްތަކަށް ރައީސް ވަރަށް ބޮޑަށް އަލިއަޅުވައިލައި ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރެއްވި.. އެ މަސައްކަތް ތަކުން އަޅުގަނޑުމެންއަށް ރާއްޖޭގެ ތިމާވެއްޓަށް ރައީސުލްޖުމްހޫރިއްޔާދެއްވާ އަހުމިއްޔަތުކަން އަޅުގަނޑުމެންއަށް އެނގިގެން ދިޔަ.. އެކަމަށްޓަކައި އަޅުގަނޑު ރައީސުލްޖުމްހުރިއްޔާއަށް ވަރަށް އިޙްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން

ގަސް އިންދުމުގެ ޕްރޮގުރާމްގެ އިތުރުން ކަރބަން ނިއުޓްރަލް ޤަޢުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތާއި ރާއްޖޭގެ ކުޅި، ފާ ޗަސްބިންތަކަށް ހީމާޔަތްކުރުމާއި ކުނި މެނޭޖުކުރުމުގެ ފުރިހަމަ މަސައްކަތްކައް ސަރުކާރުން ކުރިއަށްގެންދަވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: