ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ މި ސަރަހައްދުގެ މުހިންމު ބައިވެރިއެއް، އެކުގައި މަސައްކަތް ކުރެވޭނެ: މޯދީ

ކޮޕް 28 ސަމިޓުގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން ---ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިގްތިސާދީ އެހީތަކުގައި އެކުގައި މަސައްކަތް ކުރުމަށް ތައްޔާރުކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށް، ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވި މޯދީއަށް ދިވެހި ސަރުކާރުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ރާއްޖެއާއި އެންމެ ގާތުގައި އޮތް އިންޑިއާއަކީ، ދިމާވި ކޮންމެ ދަތި ހާލަތެއްގައި ވެސް އެންމެ އަވަސް އެހީފޯރުކޮށްދިން އެހީތެރިޔާއަށްވުމާއި އިގްތިސާދީ ގޮތުން އެންމެ ގިނަ މަސައްކަތްތައް ކުރެވިފައި ވަނީ ވެސް އިންޑިއާ އެކުކަން ވަނީ ފާހަގަކޮށްފަ އެވެ.

ދެ ގައުމު ގުޅިގެން މަސައްކަތްކޮށް، ކާމިޔާބީތައް ލިބޭނެކަމުގެ އުންމީދު ކުރައްވާކަމަށް ފާހަގަކުރައްވައި ރައީސް މުއިއްޒު ކިޔުއްވި މަރުހަބާއަށް މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެ ގައުމުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ޚާރިޖީ ގުޅުން ވަރުގަދަކޮށް ކުރިޔަށް އޮތްތަނުގައި ގިނަ މަސައްކަތްތައް ކުރެވިގެން ދާނެކަމަށް މޯދީ ވިދާޅުވި އެވެ.

މޯދީގެ ކާމިޔާބީއަށް ކުރީގެ ރައީސްކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: