ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ވެވޭ އިހުމާލެއް އެހެން ބައެއްގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ޒިންމާވާނަން: އިހުސާން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުވައްސަސާއާއި، ތަނުގެ ވެރިންނަކީ އިހުމާލެއް ވެވިއްޖެ ނަމަ، އެކަން ދަށަށް ތިބޭ އޮފިސަރުންގެ ބޮލުގައި އެޅުވުވުމުގެ ބަދަލުގައި ޒިންމާ ނަގާ ބަޔަކަށް ވާން ޖެހޭކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ ސްޓްރެޓަޖިކް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ސަރުކާރުން ވަކި ބަޔަކާއި މެދު ތަފާތު ގޮތަކަށް އަމަލު ކުރުމަށް އަންގައި ފުލުހުންނަށް އެއްވެސް އޯޑަރެއް ނުދޭނެކަމަށެވެ. އަދި އެކި ގޮތްގޮތަށް ކުށްވެރިންނާއި މެދު އަމަލު ކުރުމުގެ ބަދަލުގައި، ގާނޫނާއި ގަވައިދުތައް ބަޔާންކުރާ ގޮތުގެ މަތީން ތަންފީޒީ ފިޔަވަޅު އެޅުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެންވާކަމަށް އިހުސާން ވިދާޅުވި އެވެ.

ދައުލަތުގެ ހުރިހާ އިދާރާއާކާއި ވެސް ގުޅިގެން މަސައްކަތްކޮށް ނަތީޖާ ނެރޭއިރު، ފުލުހުންނާއި ވަޒީރުގެ ހައިސިއްޔަތުން ޒިންމާ ނަގަން ޖެހޭ ހާލަތުގައި ޒިންމާ ވެސް ނަންގަވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން މަގާމުގެ ހައިއްސަތުން ކުރާ ކޮންމެ އަމުރަކަށް ޒިންމާވެ، ދަށަށް ތިބޭ މީހުންގެ ބޮލުގައި އިހުމާލެއްގެ ޒިންމާ އެޅުވުމުގެ ސަގާފަތް ދޫކޮށްލަން ޖެހޭކަމަށް އިހުސާން ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ތެރޭގައި އޮންނަކަމެއް އެއީ ޖެހިގެން ހުންނަ މީހާގެ ބޮލަށް ހުރިހާކަމެއް ކަނޑާލުމަކީ އެއީ… އެކަމަކު ވެރިއެއް ވެއްޖެއްޔާ އެ މީހާ ކުރާ އަމުރަކަށް.. ޔުނިޓެއްގެ ވެރިއެއްވެއްޖެއްޔާ އެ މީހާ ކުރާ އަމުރަކަށް، އޮފިސަރެއް ވެއްޖެއްޔާ އެ މީހާ ކުރާ އަމުރަކަށް.. އެ މީހާ ފުރިހަމައަށް ޒިންމާވާން ޖެހޭނެ.. ދަށުގަ ތިބޭ ކުދިންގެ ބޮލުގައި ކަންކަން އެޅުވުމަކީ އެއީ އަޅުގަނޑުމެންގެ ރޫހަކަށް ވެގެންނެއް ނުވާނެ..

ރާއްޖޭގައި އިންތިހާއަށް ގޭންގު ކުށްތައް އިތުރުވެފައިވާއިރު، އިހުސާން ވިދާޅުވީ ނަމްބަރު އަދަދުން ގުރޫޕުތައް މަދު ކުރުމުގެ ބަދަލުގައި މަސައްކަތް ކުރާނީ ޒީރޯ ޓޮލަރެންސްގެ ދަށުން ހުރިހާ ގޭންގުތައް ވެސް ހުއްޓުވުމަށްކަމަށެވެ. އެއްވެސް ބާވަތެއްގެ ކުށަކަށް ޖާގަ ނުދެއްވާނެކަމަށާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގްރާމެއް މި ފަސް އަހަރުގެ ތެރޭގައި ހިންގައި ކާމިޔާބު ކުރެވޭނެކަމަށް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވި އެވެ.

ކަންމަތީ ފިހާރަތައް ހިންގާ އުސޫލުން، މާލޭގެ މަގުތައް މަތީ އަދި މަސްތުވާތަކެތި ވިއްކައި އެ ބޭނުން ކުރަމުންދާއިރު މީގެ ކުރިން މި މައްސަލަ ހައްލު ކުރެވިފައި ނެތީ އެ އަޒުމު ނެތުމުންކަމަށް އިހުސާން ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހަރަދުކޮށް، ޔުނިފޯމު އެޅި މުވައްސަސާއެއްގެ ގޮތުގައި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ ފުލުހުންގެ އޮތް އިރު މި ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުން ހިމަނާފައި ވަނީ އެ އިހުލާސްތެރިކަމުގައިކަމަށެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އެންމެ ބޮޑުވެފައިވާ ސަބަބަކީ، އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެކަން ކުރުމުގެ ބާރު އެ މީހުންނަށް ލިބިފައި އޮތުމެވެ. ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއަކަށް ވަނީ، އެ މީހާގެ ވިޔަފާރިކޮށް އެކަމުގެ ތެރެއަށް އެއްކޮށް ވަނުންކަމަށާއި ނައްތާލަން ޖެހެނީ އެ މާހައުލުކަމަށް އިހުސާން ވިދާޅުވި އެވެ.

ޑްރަގް ވިޔަފާރިއަށް ވަންނަ މީހާ ތިން ހަތަރު ފަހަރު ވިސްނާލާފައި އޭނާ ބިރު ގަންނަން ޖެހޭނެ… ތިމްނަންނާއަށް މިކަމުގެ ފުރުސަތެއް ދިވެހިރާއްޖޭގައި ނޯންނާނެކަން… އެ ރިސްކަކީ ވެލިޑު ރިސްކަކަށް ހަދަން ޖެހޭނެ… ފުލުހުން.. މިއަދު ރާއްޖޭގައި މަސްތުވާތަކެތި ވިއްކާ މީހާއަށް، އެ ބޭނުން ކުރާ މީހާއަށް ނެތް އެއްވެސް ބިރުވެރިކަމެއް.. ބިރުވެރިކަމެއް ނެތި ފައިދާވާ ކަންކަން ކުރާނެ އިންސާނާ.. ބިރުވެރިކަމެއް ނެތި، ފައިދާވާ ކަންކަމަށް ދިވެހިން ކިޔައި އުޅެނީ ވިޔަފާރި ކުރުން.. އެހެންވީމަ އެ މާހައުލު ނައްތާލަން ޖެހޭނެ އަޅުގަނޑުމެން

މިނިސްޓަރ ވިދާޅުވީ ފަސް އަހަރަށް ފަހު، ކޮންމެ ސަރުކާރަކުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގެ ވާހަކަ ދައްކައި އެކަމަށް މަސައްކަތް ކުރަން ޖެހޭ ޖެހުން ވެސް ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. ރައީސް މުއިއްޒުގެ މި ދައުރަށް ފަހު، ދެން އަންނަ ވެރިކަމެއްގައި އަނެއްކާވެސް ފުލުހުންގެ މަސައްކަތަކަށް ވާން ޖެހޭނީ ސުމަކުން ފަށައި މަސްތުވާތަކެތީގެ މައްސަލަ ހއްލު ކުރަން އުޅުން ނޫންކަމަށާއި ފުލުހުން ހައްލު ކުރަން ޖެހޭ އެހެނިހެން މަސައްކަތް ވެސް ހުންނާނެކަމަށް އިހުސާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: