ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރަށްވެހިން، އެމްއެންޑީއެފް ކޯސްޑްގާޑު އާއެކު ހުރަވީ އަށް ޒިޔާރަތްކޮށްފި

އިސްރަށްވެހިން، އެމްއެންޑީއެފް ކޯސްޑްގާޑު އާއެކު ހުރަވީ އަށް ޒިޔާރަތްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރަށްވެހިން އެމ.ްއެން.ޑީއެފް ކޯސްޑްގާޑު އާއެކު ހުރަވީއަށް ޒިޔާރަތްކޮށްފިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީން އިންތިޒާމުކުރި މި ޒިޔާރަތުގައި 32 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ޒިޔާރަތުގައި އިސްރަށްވެހިންނަށް ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ތާރީޚް ހިމެނޭހެން ކޯސްޓްގާޑާ ބެހޭ މަޢުލޫމާތާއި، ކޯސްޑްގާޑު ޝިޕް ހުރަވީއާ ބެހޭ މަޢުލޫމާތާއި، އުޅަނދުގައި ބޭނުންކުރާ ޑައިވިންގ އިކުއިޕްމަންޓް އަދި ފަޔަރ ފައިޓިންގ އިކުއިޕްމަންްޓާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން ހިމެނޭ، އެބައެއްގެ ޚިދުމަތްތަކުގެ އަގުވަޒަންކުރެވޭ، އަދި މުޖުތަމަޢުގެ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބޭ ބަޔަކަށް ހެދުމަކީ މުހިންމު ކަމެ ކެވެ. އިސްރަށްވެހިންގެ ނާދީއަކީ އުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖްތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތެނެކެވެ.

އިސްރަށްވެހިންގެ ނާދީއަކީ ހުޅުވިގެން ދިޔައީ 17 ފެބްރުއަރީ 2024 ގައެވެ. މިއީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ވަނީ  ހިމަނާފައިވެއެވެ.

އިސްރަށްވެހިންގެ ނާދީ އިފްތިތާހު ކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ރައީސް ވިދާޅުވެފައިވަނީ، އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: