ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

މަޖިލިސްގެ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް އަލުން ރުހުން ދިނުމަށް ހުށަހަޅާފައި މައްސަލަ ދިރާސާކޮށް އެ ވަޒީރުންނަށް ރުހުން ދިނުމަށް މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

އެމްޑީޕީގެ މެޖޯރިޓީއެއް އޮތް 19 ވަނަ މަޖިލީހުން ގިނަ ދުވަސް ވަންދެން، ވަޒީރުންނަށް ރުހުން ދިނުން ހިފެހެއްޓުމަށް ފަހު ވޯޓަށް އަހަން ތާވަލު ކުރި ދުވަހު ހަމަނުޖެހުންތައްވެސް ހިނގިއެވެ. އަދި އެމްޑީޕީއާއި، ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އެކަމާ ދެކޮޅަށް ސަރުކާރުގެ މެމްބަރުން ވަނީ އަޑުއުފުލައި ޒާތީ ނިޔަތެއްގައި ހިންގާ އެފަދަ އަމަލަކަށް ފުރުސަތު ނުދޭނެކަމަށް ބުނެފައެވެ.

ޖަލްސާ ތާވަލު ނުކުރެވި ދުވަސްތަކަށް ފަހު ބޭއްވި ޖަލްސާގައި، މެމްބަރުން ނިންމީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށެވެ. އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި، ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރުމުން، އެކަމަށް ވެސް އެމްޑީޕީ ދެކޮޅު ހެދިއެވެ. އަދި ވަޒީރުންނަށް ރުހުން ދިނުން ތާވަލު ނުކޮށް ދައުރު ނިމިގެން ދިޔައީއެވެ.

ތިން ވަޒީރުންގެ ނަން ދިރާސާ ކުރުމަށް 20 ވަނަ މަޖިލީހުން ފޮނުވާފައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. ރޭ ކުރިއަށް ދިޔަ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީން ވަނީ މައްސަލަ ދިރާސީ ކުރުމަށް ފަހު ތިން ވަޒީރުންގެ ވަޒީރު ކަމުގެ ޝަރުތު ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށް ބަލައި ރުހުން ދިނުމަށް ފާސްކޮށްފައެވެ.

ރުހުން ދިނުމަށް ފާސްވެފައިވަނީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ ވޯޓުންނެވެ. ރުހުން ނުދިނުމަށް އެމްޑީޕީގެ ދެ މެންބަރުން ވޯޓު ދެއްވެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: