ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތު ހައުސްއިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ދީފި

ސަލްމާނު މިސްކިތުގެ މަރާމާތަށް ހަ މިލިއަން ރުފިޔާ ޙަރަދުވާނެ: މިނިސްޓަރ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތު ހައުސް އިން މިދިޔަ މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 1،632،265 ރުފިޔާ ދޫކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޒަކާތު ހައުސް އިން ނެރުނު ތަފާސްހިސާބުތަކުންނެވެ.

އެގޮތުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ކެންސަރުގެ ފަރުވާއަށެވެ. އެގޮތުން ކެންސަރުގެ ފަރުވާ އަށް 454،574.50 ރުފިޔާގެ އެހީ ދީފައިވާއިރު، ކިޑްނީ ބަލިތަކަށް 89،050.50 ރުފިޔާ އާއި ސިކުނޑީގެ އޮޕަރޭޝަނަށް 72،088.50 ގެ އެހީ ދީފައިވެއެވެ. ހިތުގެ އޮޕަރޭޝަނަށް 67،848 ރުފިޔާ އާއި އެހެނިހެން ބަލިތަކަށް 619،113 ރުފިޔާ ވެސް ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ޒަކާތު ހައުސް އިން ބުނި ގޮތުގައި އެހީ ދޫކޮށްފައިވަނީ 180 މީހުންނަށެވެ.

1،213،624 ރުފިޔާ އެހީގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ހަރަދުކޮށްފައިވަނީ ޖުމްލަ 1،632،265 ރުފިޔާއެވެ. މޭ މަހު ކުރެވިފައިވާ ހަރަދުތަކުގެ ތެރޭގައި އޭޕްރީލް މަހު އެހީ ހަމަޖެހުނު ފަރާރްތަކުގެ ހަރަދުތައްވެސް ހިމެނޭކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

އޭގެ އިތުރުން ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރައަށް 262،2666.50 ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި 41،937.71 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ޒަކާތް ހައުސްއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ”މޯލްޑިވްސް ޒަކާތު ހައުސް“ ގެ ނަމުގައި އިދާރާއެއް އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ ”ދިވެހިރާއްޖޭގެ ޒަކާތު ހައުސް“ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ހަމަޖެއްސެވި މަސައްކަތްތައް މި ދެންނެވުމާއެކު އެވަނީއެވެ.

”މޯލްޑިވްސް ޒަކާތު ހައުސް“ ގެ މަސައްކަތްތައް

  1. ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  2. ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުން.
  3. ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުން.
  4. ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށްޓަކައި، އެ ފަންޑު ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން.
  5. ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން.
  6. ރާއްޖޭގެ މާޙައުލުގައި ޒަކާތާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމަށް ދިރާސާތައްކުރުމާއި، އެފަދަ މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  7. ޒަކާތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.
  8. ޒަކާތާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  9. ޒަކާތު ފަންޑުން އިންވެސްޓްކުރަމުންދާ ގޮތުގެ މައުލޫމާތާއި، ޒަކާތު ފަންޑާބެހޭ އާންމު މައުލޫމާތާއި، ޒަކާތް ދައްކާ ފަރާތްތަކާއި، ޒަކާތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ތަފާސް ހިސާބާއި، ޒަކާތުގެ ގޮތުގައި ބަލައިގަނެވޭ ތަކެއްޗާއި، ފައިސާއާގުޅޭ ތަފާސް ހިސާބާއި، ޒަކާތާގުޅޭ އެހެނިހެން ތަފާސް ހިސާބު އެއްކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، މައުލޫމާތު ހާމަކުރުން.
  10. ޒަކާތާ ގުޅުންހުރި ކޮމިޓީތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  11. ޒަކާތާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެފަދަ ޕުރޮގުރާމުތައް ރާވައި ހިންގާ ފަރާތްތަކަށް، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: