ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ލޯނުތައް އަދާކުރުމަށް އެއް ބިލިއަން ރުފިޔާ ދައްކައިފި

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ މިހާތަނަށް އައިއިރު، ލޯނުތައް އަދާކުރުމަށް އެއް ބިލިއަން ރުފިޔާ ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގައި ލޯނުތައް އަނބުރާ ދައްކަން 2.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިހާތަނަށް ދައްކާފައި ވަނީ އަދާކުރަން ޖެހޭ ދަރަނީގެ 45 އިންސައްތައެވެ.

ލޯނުތަކަށް 1 ބިލިއަން ރުފިޔާ ދެއްކިއިރު ދަރަނީގެ އިންޓްރެސްޓާއިއެކު މި އަހަރުގެ މިހާތަނަށް ވަނީ 1.6 ބިލިއަން ރުފިޔާ ދައްކައިފައެވެ. ލޯނުތަކުގެ އިތުރުން، ދައުލަތުން ނަގާފައިވާ ދަރަނީގެ އިންޓްރެސްޓަށް 5.2 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.

ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންކަން ތަފާސް ހިސާބުތަކުން ހާމަވާއިރު، ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައެވެ. އެ އަދަދު މިދިޔަ މަސް ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގައެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހެނީ 2026 ވަނަ އަހަރުއެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެއެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަނި ދައްކަން ޖެހޭ އަހަރެވެ. ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، މިއީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ހަރަދުކޮށްފައިވަނީ 17.3 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މުސާރައާއި ސަބްސިޑީތައް ހިމެނޭ ގޮތަށް ކޮށްފައިވާ ރިކަރަންޓް ޚަރަދަށް ދިޔަ 13.7 ބިލިއަން ރުފިޔާ ހިމެނެއެވެ. އެގޮތުން އާސަންދައަށް 823 މިލިއަނާއި ސަބްސިޑީތަކަށް 1.6 ބިލިއަން ހިމެނެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ތެރޭގައި ދައުލަތުން 19.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެ ތެރޭގައި ރިކަރަންޓު ޚަރަދަށް ދިޔަ 13.1 ބިލިއަން ރުފިޔާ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: