ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ބަޖެޓުގައި އެމްޑީޕީން ނުހިމެނީ ރައީސް މުއިއްޒަށް ތާއީދު އިތުރުވެދާނެތީ: ރިޔާޒް

އަހުމަދު ރިޔާޒް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2024ގެ ބަޖެޓުގައި އެމްޑީޕީއިން ރަސްމާލެ ޕްރޮޖެކްޓަށް ފައިސާ ނުހިމެނީ އެކަމުގެ ސަބަބުން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު އިތުރުވާނެކަމަށްވުމުން އެކަން ވިޔަނުދިނުމަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުަމަދު ރިޔާޒް ވިދާޅުއްވެއްޖެއެވެ،

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރަސްމާލެ ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ރިޔާޒް ވިދާޅުވީ، އެ ޕާޓީގެ ކެމްޕެއިންގެ ތެރެއިން ވެރިކަމުގެ ދައުރުގައި ކުރިއަށް ގެންދާނެ މަސައްކަތްތައް ޒަމާނީ ފެންވަރުގައި ޕްރެޒެންޓުކޮށްލައި އިސްތިހާރުކޮށްލިކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކަށް އެކަންކަން ބަލައިގަންނަން އެހާ ފަސޭހަ ނުވިކަމަށާއި ރަސްމާލޭގެ މަސައްކަތްތައް ޕާޓީއިން ކޮށްފައިވާ ތަސައްވުރާއި އެއްގޮތަށް ކުރިއަށް ގެންދެވިއްޖެ ހާލަތެއްގައި ރައީސް މުއިއްޒުގެ ނަން އުފުލި އެމަނިކުފާނަށް ތާއީދު އިތުރުވެދާނެކަމަށް އެމްޑީޕީއަށް ގަބޫލުކުރެވޭކަމަށްވުމުން ބަޖެޓު ފާސްކޮށް ނުދިނީކަމަށް ގަބޫލުކުރައްވާޚަމަށްވެސް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގެ ކުރެވެމުންދާ މަސައްކަތްތަކަށް ބަލާލުމުން ގައުމުގެ މިސްރާބާއިމެދު ސުވާލު އުފެދިގެންދާކަަމަށެވެ. އޭނާ ވިދާޅުވީ، މާލޭގައި އެއްލައްކަ ހަތްދިހަ ހާސް ވަރަކަށް މީހުން ދިރިއުޅޭއިރު ހުޅުމާލޭގެ އެއްވަނަ ފިޔަވަހީގައިވެސް އެއްލައްކަ ފަންސާސް ހާހާއި ގާތްކުރާ އަދަދެއްގެ މީހުން ދިރިއުޅޭކަަމަށް ބެލެވޭކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައިވެސް އެ އަދަދާއި ގާތްކުރާ މިންވަރަށް މީހުން ދިރިއުޅޭކަމަށާއި ވިލިމާލެއާއި ގުޅިފަޅު އަދި އެހެނިހެން ކައިރި ރަށްތަކުގައިވެސް ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ކަމަށް އިޝާރާތްކުރެއްވިއެވެ.

އެހެންކަމުން މާލެ ސަރަހައްދަށް ބަލާލާއިރު ހަތަރު ލައްކާއާއި ގާތްކުރާ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާކަމަށާއި އެއީ އާބާދީގެ އަގުލަބިއްޔަތުކަމަށް ބުނެފައިވެއެވެ. އަދި ޖަޒީރާ ރާއްޖޭގެ ނަމުގައި އެމްޑީޕީއިން ކުރި މަސައްކަތްތައް ކޮބައިތޯ އޭނާ ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވީ ޖަޒީރާގެ ނަމުގައި ރަށްރަށުގައި ސުކޫލާއި ބަނދަރު އަޅައި ނަރުދަމާ ނިޒާމު ގާއިމުކުރާކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދައުރުގައި ދިވެހިރާއްޖޭގެ މާލީ ފޯރުންތެރިކަން ހުރި ވަރަށްވުރެ ގިނައިން މަޝްރޫއުތައް ފެށިކަމަށާއި އެކަމުގެ ނަތީޖާއަކީ ކުދި ކުންފުނިތައް ހަލާކުވެގެންދިއުންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އަމިއްލަ ފަރާތްތަކުގެ ވިޔަފާރިތައް ހަލާކުވިކަމަށާއި އެކަން ފޫބެއްދުމަށްޓަކައި ފެނަކައާއި ތަންތަނުން މުއައްޒަފުން ނަގަންޖެހުނުކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރަށްތަކުގައި ކުރަމުންދިޔަ މަސްވެރިކަން ފަދަ ކަންކަމަށް ބުރުއެރިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: