ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާނާ ރައްކާތެރި ކުރެވެނީ އެތަކެތި އުފައްދާ ގޮތަކުން: މިނިސްޓަރ

ކާނާ ރައްކާތެރިކުރެވެނީ އެތަކެތި އުފައްދާ ގޮތަކުން : ވަޒީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާނާ ރައްކާތެރި ކުރެވެނީ އެތަކެތި އުފައްދާ ގޮތުންނާއި އެ އުފައްދާ ތަކެތި މެޒުމައްޗަށް އަންނަ އިރުގައި އެ ކާނާއަކީ ރައްކާތެރިކާނާކަން ކަށަވަރު ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ސިއްޙަތާއިބެހޭ ވަޒީރު ޢަބްދުﷲ ޙަލީލު ވިދާޅުވެއްޖެއެވެ.

ދުނިޔެގެ ކާބޯތަލެތި ރައްކާތެރި ކުރުމާއި ބެހޭ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ފަރުދެއްވެސް އަމިއްލައަށް ކަމުންދާ އަދި ޢާއިލާއަށް ލިބިގެންދާ ކާނާއަކީ ރައްކާތެރި ކާނާތޯ ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ތަފާތު ބަލިތަކަށް ޑޮކްޓަރަށް ދައްކަން ދިއުމުން ބުނެވޭ ވާހަކައަކީ ފަތްޕިލާވެލި އަދި މޭވާފަދަ ތަކެތި އަބަދުވެސް ކޮންމެވެސް މިންވަރަކުން ބޭނުންކުރުން ކަމަށާއި އެހެންކަމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވެނީ އެ ފެށޭ ހިސާބުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަމަކީ ދަނޑުވެރިންނާއި ގުޅިފައިވާ ކަމެއް ކަމަށާއި އަދި ދަނޑުވެރިކަމަށް ބޮޑެތި ބަދަލުަތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ބާވަތްތަކުގެ ދަނޑުވެރިކަން ކުރަމުންދާއިރު ކުރިއާ ޚިލާފަށް މިހާރު ދަނޑުވެރިކަން ކުރުމުގައި ޙަރަކާތްތެރިވަނީ ބިދޭސީންކަމަށެވެ.

ބޭރު ބަޔަކު މިއަދު ދަނޑުވެރިކަން ކުރަނީ..ބޭރު މީހުންނެއް ނުބަލާ އަޅަންޖެހޭ މިންވަރަށްތޯ އަޅަނީ..ބަލަންޖެހޭ ވަރަށް ނުބެލޭ.. ދަނޑުވެރިކަންކުރުމަށް ބޭސް އަޅަންޖެހޭ މިންވަރަށް ނާޅާކަމުގެ ޝަކުވާ އެކި ފަރާތްތަކުން ކުރޭ.. އެހެންނަމަވެސް އެއީ ފިޔަވަޅު އެޅުމަށް އަދި ޙައްލުކުރުމަށް އުނދަގޫކަމެއް

ވަޒީރު ވިދާޅުވި، މިއަދު ރާއްޖެއަށް އެތެރެކުރާ ބާއްވަތްތަށް ކަމުގައިވީ ނަމަވެސް އަދި ރާއްޖޭގައި އުފައްދާ ބާއްވަތްތަކުގައި ވީނަމަވެސް އެކަން ކުރަން މިއަދު މިވަނީ މާ ބޮޑަށް ލާޒިމްވެފައި ކަމަށެވެ. އަދި އެކަން ކުރެވިގެންދާނީ އެންމެން ކުރާ މަސައްކަތުން ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ، ދަޢުލަތަކުން ކިތަންމެ މޮޅު ޤާނޫނެއް ހެދިކަމުގައިވީ ނަމަވެސް އަދި ކިތަންމެ މޮޅު ޤަވާއިދެއް ހަދާފައި ދޫކޮށްލިނަމަވެސް އެ ތަންފީޒު ކުރަންތިބޭ އެންމެ މައި ދާއިރާއަކީ  ފަރުދީގޮތުން ގޭގައި ތިއްބަވައި މީހުން ކަމަށާއި އެ މަސައްކަތް ކުރުމަށް ދަނޑުގައި ތިބޭ ދަނޑުވެރިންނާއި މަސައްކަތްތަކުގައި ތިއްބަވާ އެކިއެކި ބޭފުޅުން ކަމަށެވެ. އެގޮތުން މިއަދު މި މިޖުތަމަޢު ގައި މި ދުވަސް ފާހަގަކުރަމުންދާއިރު އެންމެ ބޮޑު އިލްތިމާސްއަކީ ކާބޯ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް ކޭން ބައްލަވައި ތަކެތި އުފައްދަނީ އަދި އެތަކެތި އުފައްދާފައިހުރީ އެންމެ ރަނަގަޅަށް ތޯ ބަލައި ކަށަވަރު ކުރުން ކަމަށެވެ.

ދަނޑުވެރިކަން ކުރާ ފަރާތްތަކުން ކަށަވަރުކުރާށެ ތިބޭފުޅުންގެ ދަނޑުގައި އުފައްދައިގެން ނެރޭ ކާބޯތަކެއްޗަކީ ޖެހުގެން ހުންނަ އަވަށްޓެރިޔާ ކާން އެންމެ ރަނގަޅު ތެކެތިތޯ، ކަށަވަރުކުރައްވާށެ..

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިދާއިރާއިން ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ 4 ބޭފުޅަކަށްވަނީ ޚިދުމަތުގެ އަގުވަޒަންކޮށްވަނީ އެވޯޑުދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: