ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާއާއި އެކު އިގްތިސާދާ ގުޅުން ހުރި މުހިންމު މަޝްވަރާތައް ކުރެވުނު: ޒަމީރު

ފޮރިން މިނިސްޓަރު ޒަމިރު ލަންކާގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު ޓިރަން އަލެސް އާ ބައްދަލުކުރައްވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލަންކާއާއި އެކުގައި ކުރެވޭ މަސަައްކަތްތަކުން، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޒަމީރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި ރާއްޖެއިން ސްރީލަންކާއަށް ދަތުރު ކުރާ ދިވެހިންނަށް އެއްވެސް ތަކުލީފަކާ ނުލައި، 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ، ޒަމީރު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ވާހަކަ ދެކެވުނު ކަމަށެވެ. އަދި ލަންކާއިން އޮންއެރައިވަލް ވިސާ ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން ލިއުމުން ދީފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ލަންކާގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނައުމުގެ ސަބަބުން، ދިމާވާ ދަތިތަކެއް އެބަހުރިކަމާއި އަދި އެ ގައުމަކީ އާންމުކޮށް ދިވެހިން ދަތުރުކޮށް އުޅޭ ގައުމެއްކަމަށް ވާތީ ދަތިތައް ހައްލުކޮށްދޭން ވަނީ އެދިފަ އެވެ. އެހެންކަމުން އެއްވެސް ދަތިކަމެއް ނެތި 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިދޭނެކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

ދަތުރުފުޅާ ގުޅޭގޮތުން ޒަމީރު ވިދާޅުވީ އިގްތިސާދީ ދާއިރާގެ މުހިންމު ކުރިއެރުންތައް ލިބޭނެކަމުގެ އުންމީދު މަޝްވަރާތަކުން ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ނަތީޖާ ނެރެވޭނެ ފަދަ އުންމީދީ ވާހަކަތަކެއް ދެކެވުނުއިރު އޭގެ ތެރޭގައި ރާއްޖޭގެ އިގްތިސާދާއި، ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއާއި، ފަތުރުވެރިކަން އަދި ޒުވާނުންނާއި ކުޅިވަރު އަދި ހުނަރުތައް ކުރިއެރުވުން އޭގެ ތެރޭގައި ހިމެނޭކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ލަންކާއަކީ ރާއްޖެއާއި ޒަމާންވީ ގާތް އެކުވެރިކަމެއް އޮތް ގުޅުމެއް ބޭއްވި ގައުމެއްކަމަށާއި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި ތަފާތު އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވާއިރު ޑިފެންސާއި ސެކިއުރިޓީއާއި ގުޅުން ހުރި ތަމްރީނުތަކަށް ވެސް މަޝްވަރާ ކުރެވުނުކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ލަންކާއަކީ ރާއްޖެއެކޭ އެއްގޮތަށް އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތް ކުރާ ގައުމެއްކަން ޒަމީރު ފާހަގަކުރެއްވި އެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރު ނައްތާލުމަށް ކުރާ މަސައްކަތުގައި ގުޅިގެން ނަތީޖާ ނެރެވޭނެކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: