ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފި

އަހުމަދު ނިހާން ހުސެިން މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

މިއީ 2019 ވަނަ އަހަރު އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ. މިކަމާއި ގުޅިގެން ޕީޖީ އޮފީހުން މިދިޔަ ހޯމަ ދުވަހު ނިހާނަށް ފޮނުވި ސިޓީއެއްގައިވަނީ އެ މައްސަލަ އެ އޮފީހުން މުރާޖައާ ކުރުމަށްފަހު އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށެވެ. ސަބަބު ސިޓީގައި ބަޔާން ކޮށްފައި ނުވީ ނަމަވެސް، މައްސަލަ އާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ ދައުވާތައް އަނބުރާ ގެންދަން ނިންމީ 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގެ ހުކުމަށް ރިއާޔަތްކޮށް ބެލިއިރު، ނިހާންގެ މައްޗަށް އެ ދައުވާ ސާބިތުވާނެ ކަމަށް ނުބެލެވޭތީކަމަށެވެ.

މީގެ ދެ މަސް ކުރިން ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމަވާފައިވާކަމަށް ޕީޖީ އޮފީހުން ބުނިއެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަން ނިންމިއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ ވަނީ ހަމަޖައްސަވާފައެވެ. މި މަގާމަށް ނިހާން އައްޔަނު ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

މި މަގާމުގައި ކުރިން ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: