ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުތަކުގައިވާ ރޯޖާއި ޙަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުތަކުގައިވާ ރޯޖާއި ޙަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ރައީސް ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އަދި އެކަނޑުތަކުގައިވާ ރޯޖާއި ޙަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ފިޝަރީޒް މިނިސްޓަރީންވަނީ ނިންމާފައެވެ. އެގޮތުން އެދުވަސް ފާހަގަކުރުމަށް އެވުޒާރާގެ ފަރާތުން ވަނީ އެކި ހާރަކާތްތައް ބޭވުމަށް ހަމަޖައްސާފައެވެ. މި ހަރާކާތް ތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ބައިވެރިވެފައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި މަސްވެރި ވުޒާރާ އަދި ވެމްކޯ ގުޅިގެން މާލެ ދެކުނުފަރާތުގެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތް ވަނީ ބާއްވާފައެވެ. މި ހަރަކާތުގައި ވަޒީރު އަޙްމަދު ޝިޔާމް ވެސް ވަނީ ބައިވެރި ވަޑައިގަން ފައެވެ. އަދި މި ހަރަކާތުގެ ތެރެއިން ވަޒީރު ވަނީ ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ފަރުދީގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެންނަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން، ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް އެ ވުޒާރާއިން ނިންމާފައިވާއިރު މި މުބާރާތުން ވަނަތައް ހޮވައި އިނާމު ދިނުމަށް ދެއްވާނެކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މީސް މީޑިއާ މެދުވެރިކޮށް 1 ޖޫންއިން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖޭގެ ކަނޑުފަޅާ ބެހޭ މައުލޫމާތު ހިއްސާ ކުރުމުގެ ހާރަކާތް ތަކެއްވެސް ވަނީ ބާއްވާފައެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ ކުއިޒް މުބާރާތެއްވެސް ވަނީ އިންތިޒާމް ކޮށްފައެވެ.

މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހާއްސަ މައުލޫމާތު ސެޝަނެއްވެސް ފަންނީ ބޭފުޅުންނާއެކު ކުރިއަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ޑައިވް ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. އަދި މާލެ ސަރަހައްދުގެ އެކި މުއައްސަސާތަކަށް ހުޅުވާލެވިގެން މަސްރޭހެއްވެސް ވަނީ ކުރިއަށް ގެންގޮސް ފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: