ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ އަރުޝީފު ދުވަހުގެ މުނާސަބަތުގައި ފޮތެއް އެކުލަވައިލައިފި

ދުނިޔޭގެ އަރުޝީފު ދުވަހުގެ މުނާސަބަތުގައި ފޮތެއް އެކުލަވާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އަރުޝީފު ދުވަހުގެ މުނާސަބަތުގައި ހާއްސަ ފޮތެއް އެކުލަވައިލައިފި އެވެ.

މި ފޮތަކީ ދިވެހި ރާއްޖޭގެ ޤައުމީ އާރުޝީފު އާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި ގުޅިގެން އެކުލަވައިލެވިފައވާ ރާއްޖޭގެ 29 މަދަރުސާއެއްގެ މައުލޫމާތު ހިމެނިގެންދާ ފޮތެކެވެ. އަދި މި ފޮތުގައިވާ މައުލޫމާތަކީ މާޒީ ދައްކައިދޭ ނުހަނު ބޭނުންތެރި މައުލޫމާތެއް ހިމެނިގެންދާ ފޮތެއް ކަމަށެވެ. މި ފޮތަކީ ވުޒާރަތުއްދާޚިލިއްޔާ (ހ) އިން އެކުލަވައިލައްވައިފައިވާ ފޮތެއް ކަމަށާއި ވުޒާރަތުއްދާޚިލިއްޔާގެ ތަކެތީގެ ތެރެއިން މި ފޮތް ޙާއްސަ ކުރެވިފައިވަނީ ދިވެހިބަހާއި ތާރީޙަށް ޙިދުމަތްކުރާ ޤައުމީ މަރުކަޒަށެވެ.

ގާނޫނު ނަންބަރު (2011/16) (ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫންގެ) 6 ވަނަ މާއްދާގެ ދަށުން މި ފޮތް މިއަދު ޑިޖިޓަލްކޮށް ވަނީ ޝާޢިއުކުރައްވާފައެވެ.

މި ފޮތަކީ 500 ސަފުހާގެ މޮނީޓަރ ފޮތެއްކަމަށާއި މީގެ ތެރެއިން ބޭނުން ކުރެވިފައިވަނީ 24 ސަފްޙާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި ފޮތުގައި ހިމަނައިފައިވާ މަޢުލޫމާތުތަކަކީ މަދަރުސާތަކުގެ ކުލައިގެ އިތުރުން ބެޖާއި ދިދަ އާއި ތާކިހާގެ ތަފުސީލު ތަކެވެ. އަދި މީގެ ތެރެއިން އެންމެ ތަފުސީލު ކުރެވިފައިވަނީ މަދަރުސަތުލް މަޖީދިއްޔާގެ މައުލޫމާތުކަމަށާއި މަޖީދިއްޔާގެ ބައިތަކުގެ (ހައުސްތަކުގެ) ދިދަތަކާއި ކުލަތާކާއި “ ބޮއިސްކައުޓް ޖަމާޢަތުގެ ނިޝާން“ ތަކުން ތިން ނިޝާނެއް ހިމަނައިފައި ވެއެވެ.

ޖުމްލަ 29 މަދަރުސާއެއްގެ ނަން ސުރުޙީތަކެއްގެ ގޮތުގައި ފޮތުގައި ހިމަނައިފައިވާއިރު މ. އަތޮޅު މަދަރުސާ އާއި ދ. އަތޮޅު މަދަރުސާ އާއި ޏ. އަތޮޅު މަދަރުސާ އާއި ސ. އަތޮޅު މަދަރުސާއާއި ރ. ކަނދޮޅުދޫ މަދަރުސާ އާއި އަދި ޅ. ހިންނަވަރު މަދަރުސާގެ ނަންވަނީ ހިމަނައިފައެވެ. މިފޮތުގައި ހިމަނައިފައިވާ މަދަރުސާތަކުން ކިޔަވައި ވިދާޅުވި ދަރިވަރުންނަކީ މިއަދުގެ އިސްރަށްވެހިން ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެ ބޭބޭފުޅުންނަކީ ދިވެހި ޤައުމަށް ޙިދުމަތް ތެރިން ހޯދައިދެއްވި ބޭފުޅުން ކަމަށާއި އަދި އެ ބޭބޭފުޅުންގެ ރަންޒަމާނުގެ ހަނދުމަފުޅު އާކޮށްދޭ ފޮތަކަށް މި ފޮތް ވެގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި މި ފޮތުގައި ރަމްޒުވެފައިވާ ފަޚުރުވެރި ހަނދާންތަކަކީ ދެ ޒަމާން ގުޅުވައިދޭ ވަސީލަތެއްކަމުގައި ވެގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: